- Advertisement -ad image

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް

ad image

ގުޅުންހުރި ލިޔުންތައް


ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.

މި އިންތިހާބުގައި ވާދަކުރައްވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި, ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި, މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިންނެވެ.
މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 08:00 ގައެވެ. ވޯޓުލުން ކުރިއަށްދާނީ ހަވީރު 16:00 ޖެހުމާއި ހަމައަށެވެ.
މި އިންތިހާބުގައި ވާދަކުރައްވަނީ
ކެންޑިޑޭޓް ނަންބަރު 0 1: ޙުސައިން ރިޟާ، ޝީވީޑް/ކ.ގުރައިދޫ (ޕީޕީއެމް)

ކެންޑިޑޭޓް ނަންބަރު 02 : އިބްރާހިމް ޝާޒް، ފައިވްރޯސް/ކ.ގުރައިދޫ. (އެމްޑީޕީ)

ކެންޑިޑޭޓް ނަންބަރު 03 : ޢަލީ އަރީފް، ފިޔާތޮށިގެ/ކ.ގުރައިދޫ. (އެމްއެންޕީ)
ގުޅި، ގުރައިދޫ އަދި މާފުށިން 3423 މީހުންނަށް މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި މާލޭގައި ވޯޓުފޮށި ބަހައްޓާފައިވަނީ ޢިއްޒުއްދީން ސްކޫލުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ