- Advertisement -ad image

1444 ވަނަ އަހަރުގެ އަތޮޅު އިހުޔާ ފޯރަމްތަކުގެ 1 ވަނަ އިނާމު ހޯރަފުއްޓަށް ލިބިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ޔާ ފޯރަމްތަކުގެތެރެއިން އަތޮޅުތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ އަތޮޅު އިޙްޔާ ފޯރަމްތަކުގެ 1 ވަނަ އިނާމް ހއ. ހޯރަފުއްޓަށް ލިބިއްޖެއެވެ.

މިކަން އިއުލާން ކުރީ ހުކުރު ދުވަހުގެރޭ ފުވައްމުލައް ސިޓީގައި ބޭއްވި އަތޮޅު އިޙްޔާގެ އެންމެ ފަހު ފޯރަމްގައެވެ. އިޙްޔާ ފޯރަމް ބޭއްްވި ހުރިހާ އަތޮޅެއްގެ ގުރުއަތުނެގުން މި ފޯރަމްގައި ކުރިއަށް ގެންދިޔައިރު 2 ވަނަ އަދި 3 ވަނަ ލިބުނީ ފުވައްމުލައް ސިޓީއަށެވެ.

އަތޮޅު އިޙްޔާ ފޯރަމްތަކުގެ 1ވަނަ, 2 ވަނަ، އަދި 3 ވަނައަަށް ހޮވުނު ފަރާތްތަކާއި ލިބުނު އިނާމު:
1 ވަނަ – AIF HOA 282

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ދެއްވާ ޢުމްރާ ދަތުރު

2ވަނަ- AIF FVM 363

އުރީދޫން ސްޕޮންސަރ ކޮށްފައިވާ އައިފޯން 13

3ވަނަ- AIF FVM 768

ރެއިންބޯއިން ސްޕޮންސަރގެ ގޮތުގައި ދެއްވާ ސޯފާސެޓް

ގުރުއަތުން ހޮވުނު ފަރާތްތަކުން ނަންބަރުކޮޅުގެ ފޮޓޯއާއި އައިޑީކާޑުގެ ފޮޓޯ ވައިބަރ ކުރައްވާނީ 7910208 މި ނަންބަރަށެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާނަމަ [email protected] އަށް މެއިލް ކުރެއްްވޭނެއެވެ.

އަދި އެހެން ބޭފުޅަކު ބަދަލުގައި ފޮނުވާނަމަ، ބަދަލުގައި ފޮނުވާ ބޭފުޅެއްގެ ސިޓީއަކާއި އައިޑީކާޑު ކޮޕީ އަދި ނަންބަރުކޮޅު ގެނައުމުން ވެރިފައިކުރުމަށްފަހު އިނާމް ހަވާލުކުރެވޭނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މިއަހަރު ޖުމްލަ 7 ރަށެއްގައި އަތޮޅު އިޙްޔާ ފޯރަމް ބާއްވާފައިވެއެވެ. އެއީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ހއ. ހޯރަފުށި، ރ.ދުވާފަރު، ޅ. ނައިފަރު، އަދި ގދ. ތިނަދޫ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ