- Advertisement -ad image

ބާރާ ނުފޫޒުން އިތުރަށް ލިބުނު 120 ވޯޓާއެކު ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް!

ad image

ގުޅުންހުރި ލިޔުންތައް


ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް ސަރުކާރުން ފޯރުވި ނުފޫޒާއެކު އެދާއިރާގެ މަޖިލީހުގެ ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.
އެމްޑީޕީގެ ކެނޑިޑޭޓު އިބްރާހިމް ޝާޒުއަށް ލިބުނީ 1346 ވޯޓެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓު އިބްރާހިމް ރިޒާ އަށް ލިބުނީ 1226 ވޯޓެވެ. މި އިންތިހާބު ޝާޒު ކާމިޔާބު ކުރީ 120 ވޯޓުގެ ފަރަގަކުންނެވެ. މިއީ މި ބައި އިލެކްޝަނާއި ދިމާކޮށް ދާއިރާގައި ހިމެނޭ ގުޅީގެ ބިން ހިއްކުމުގެ މަޝްރޫޢު އިއުލާނުކޮށް، ވޯޓަށް ހަފުތާއެއްހައި ދުވަހަށް ވެފައިވަނިކޮށް އެމްޓީސީސީގެ ވަސީލަތްތައް އެ ރަށަށް ގެންގޮސް މަސައްކަތް ފެށިއެވެ.
އަދި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް އެ ދާއިރާގެ މާފުށިން 2،000 އަކަފޫޓުގެ ބިން ދޫކުރަން އިއުލާނުކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލިއެވެ.
މީގެ އިތުރުންވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި ވަޒީރުން އެ ތިން ރަށަށް ގޮސް ގިނަ ކަންތައްތަކެއް ކޮށްދީފައިވާކަން އެނގެން އެބައޮތެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ