- Advertisement -ad image

ރަށުގެ ގިނަ ރައްޔިތުން ނަފުރަތު ކުރާތީ ކުޑައީދުގައިވެސް ފިޔޯރީގައި ކުލަ ޖެހުން މަނާ!

ad image

ގުޅުންހުރި ލިޔުންތައް


މިހިނގާ 1444 ވަނަ އަހަރު ފިޠުރު ޢީދުގައި ވެސް އެއްވެސް ހަރަކާތަކާއި ގުޅުވައިގެން ކުލަ ޖެހުމަކީ މަނާކަމެއްކަމުގައި ފިޔޯރީ ކައުންސިލުން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ އެ ކައުންސިލްގެ 04 ވަނަ ދައުރުގެ ގދ-ފިޔޯރީ ކައުންސިލްގެ 57 ވަނަ ޢާއްމު ޖަލްސާއިންނެވެ.
އެގޮތުން ކައުންސިލުން ބުނީ މިފަދަ ކަންކަމަކީ މާތްވެގެންވާ އިސްލާމްދީނާއި ދުރު ހިންދޫދީނުގެ މީހުން ކުރަމުންދާ ކަމަކަށް ވުމާއެކު އެރަށުގެ ގިނަ ރައްޔިތުންތަކެއް ވަރަށް ބޮޑަށް ނަފްރަތު ކުރާކަމެއްކަމަށް ފާހަގަ ވެފައިވާތީ، އީދު މުނާސަބަތުތަކާއި ގުޅިގެން ކުލަޖެހުމުގެ އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިއުމަކީ މަނާ ކަމެއްގެ ގޮތަށް ކަޑަ އެޅުމަށް ކައުންސިލް އިއްތިފާގުން ފާސް ކޮއްފައިވާ ނިއްމުމަށް ރަށުގެ ކުދި ބޮޑު އެއްމެން މިދިޔައަހަރުވެސް އެއްބާރުލުންދެއްވި ގޮތަށް މިއަހަރުވެސް އެއްބާލުންދެއްވުން އެދޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ކޮއްކޮމެންނޭ ތިޔަހެން އުޅޭކަށް ނުވާނެ ﷲ އަށް ބިރުވެތިވެ ރިވެތި އަސާސްތަކުގެ މަތީގައި ތިބެވޭތޯ ބަލާށެވެ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ