- Advertisement -ad image

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


މަސްވެރިކަމަށް ނުކުމެ އުޅުނު “އާއިލާ ދޯނި” ނަމަކަށް ކިޔާ މަސް ދޯނީގައި ހުރި އުމުރުން 34 އަހަރުގެ ފަޅުވެރިޔެއްގެ ލޮލަށް ބުޅިއެއް ހެރިގެން އަވަސްފަރުވާ ދީފިއެވެ.
އެމްއެންޑީއެފުން ބުނީ ލޮލަށް ބުޅި ހެރުނު މަސްވެރިޔާ ހޮސްޕިޓަލަށް ގެންދިއުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ދ.ކުޑަހުވަދޫގެ ހުޅަނގު ދެކުނުން 22 ނޯޓިކަލް މޭލު ބޭރުން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް، ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއްހެރި އަވަސް ފަރުވާބޭނުންވާ ކަމުގެ މަޢުލޫމާތު ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު މެންދުރު 11:34 ހާއިރުއެވެ.

މި މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން، ހާބަރ ކްރާފްޓުގައި ބަލިމީހާ ވަނީ މިއަދު 13:14 ހާއިރު ދ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ