- Advertisement -ad image

އަބަދުވެސް ހުންނާނީ ރައީސް ޔާމީނާއެކު ސާބިތުކަންމަތީގައި، ފަތުރާ ދޮގު ވާހަކަތަކަށް ފަރުވާލެއްނެތް: މޭޔަރު މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


އަބަދުވެސް ހުންނާނީ ރައީސް ޔާމީނާއެކު ކަމަށާއި ފަތުރާ ދޮގުވާހަކަތަކަށް ފަރުވާލެއް ނެތް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ހިރާސް ނޫހަށް ދެއްވި އިންޓަރވިއުއެއްގައި މޭޔަރު މުއިއްޒު ވިދާޅުވީ، ކޮންމެހެން އޭގައި ހަގީގަތެއް ނެތް ކަމުގައި ވިއަސް ސިޔާސީ އެކި އުކުޅު ބޭނުން ކުރަން ކިތަންމެ ވަރަކަށްވެސް ނިއުސްތައް ބުރޭކް ކުރެވިދާނެ ކަމަށެވެ.
” އަޅުގަނޑު އަބަދުވެސް ދަންނަވާ ވާހަކައަކީ ކުރިން ފަހަރު ރައީސް ޔާމީން ނުހައްގުން ޖަލަށްލީ ފަހަރުވެސް ދެންނެވިން ރައީސް ޔާމީން އަކީ ހުކުމް އެކުރެވިގެންދާ ކަންކަމުގައި ކުށްވެރިއެއް ނޫނޭ. ސިޔާސި ހުކުމް ތަކެކޭ މިކުރަނީ. މިފަހަރުވެސް ސިޔާސީ ހުކުމެކޭ ކޮށްފައި މިއޮތީ. އެހެންވީމާ ޕޮޒިޓިވް ނޫނިއްޔާ އުއްމީދީ ގޮތެއްގައޭ އަޅުގަނޑު ގަބޫލުކުރަނީ ކަންކަން ނިމިގެންދާނީ ރައީސްއަށް. ރައީސް ޔާމީން ކުރިން ފަހަރުވެސް މިނިވަންވީ. ހަމަ އަޅުގަނޑު އޭރުވެސް ދެންނެވިން އަޅުގަނޑަށް ޔަގީނޭ މިނިވަންވާނެކަން. މިފަހަރުވެސް އަޅުގަނޑު ގަބޫލުކުރަނީ ރައީސްއަށް ކޮށްފައޮތް ހުކުމަކީ ސިޔާސި ވިސްނުމެއްގައި ސިޔާސީ ގޮތުން ކޮށްފައިވާ ކަމެއްވީމާ މީގަ އެމަނިކުފާނު މިނިވަންވެވަޑައިގަންނަވާނެ ” މޭޔަރު ވިދާޅުވިއެވެ.
ޑރ މުއިއްޒު އިތުރަށް ވިދާޅުވީ، ޖަލުން މިނިވަންވެވަޑައިގެން މިފަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ގޮވައިގެން ނުކެމެވަޑައިގެން އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި މިނޫން ގޮތަކަށް ޕާޓީގެ ކަންތައްތައް ގެންދަން ބަޔަކު ފަހަރެއްގައި މަސައްކަތްކޮށްފައިނޭ ކަމަށާއި އެއީ ޕީޕީއެމްއަށް ކުރިއެރުމަށް ލިބެން ބޭނުންނުވާ ފަރާތްތަކުން ފަތުރާ އެޖެންޑާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
” ރައީސް ޔާމީން ނިކުމެވަޑައިގެން އިންތިހާބުގައި ވަދަކުރުމުގެ ފުރުސަތު ދޭން ބޭނުންނުވާ ފަރާތްތަކެއްވެސް އެބައުޅޭ. އެހެންވީމާ އެފަރާތަކުން ބޭނުންވާ ކަންކަން ހާސިލް ކުރުމަށްޓަކައި އަޅުގަނޑާއި ބެހޭގޮތުންވެސް ވާހަކަތަކެއް ދައްކާ އަޅުގަނޑުމެންގެ ކުރިމަގު އުޖާލާވިޔަ ނުދިނުމަށް ރައީސް ޔާމީންނަށް ފުރުސަތު ލިބުނަ ނުދޭން ޕާޓީގެ މުސްތަގުބަލު ބަނަކުރަން ބޭނުންވާ ބަޔަކު އުޅޭނެ ” މޭޔަރު ވިދާޅުވިއެވެ.
މިގޮތަށް ހިނގާ ކަންކަން ހުއްޓަސް އެއީ މާބޮޑަށް ކަންބޮޑުވާ ކަމެއް ނޫން ކަމަށާއި ރައީސް އަށް ރިޔާސީ އިންތިހާބުން ފުރުސަތު ދޭން ބޭނުންނުވާ މީހުން ދައްކާ ވާހަކަތަކަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް މޭޔަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ