- Advertisement -ad image

ޕީޕީއެމް ތެރޭގައި ރައީސް ޔާމީނަަށް އޮތް އިހުތިރާމަށް ކުޑަވެސް ލޮޅުމެއް ނާންނާނެ: ސެމްބެ

ad image

ގުޅުންހުރި ލިޔުންތައް


ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީނަށް ޕާޓީގެ ތެރޭގައި އޮތް އިހުތިރާމަށް ކުޑަވެސް ލޮޅުމެއް ނާންނާނެ ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު ވިދާަޅުވެއްޖެއެވެ.
ރައީސް ޔާމީނަށް ބާރު ޕީޕީއެމުން ކެނޑެމުންދާ ކަމަށް ބައެއް މީޑިއާތަކުން ފަތުރަމުންދާ ހަބަރުތަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ސެމްބެ ވިދާޅުވީ ޕިީޕީއެމްގެ ލީޑަރޝިޕް ސާބިތުކޮށް އޮތީ ރައީސް ޔާމީނާއެކު ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންގެ މެދުގައިވެސް ޚިޔާލު ތަފާތުވުން އޮތް ކަމަށް ދައްކާ ދޮގު ހަބަރުތައް ފެތުރުމުގައި ސަރުކާރަށް ތާއީދު ކުރާ ނޫސްތަކުން އުޅެނީ އަވަދިނެތިއެވެ. އިދިކޮޅުން ބުނަމުން ދަނީ ރިޔާސީ އިންތިހާބަށް އަދި ވަގުތު އެބައޮތް ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަ ކުރެއްވޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ