- Advertisement -ad image

ހުކުރު ދުވަހުގެރޭ މާލޭގައި ހަވާ އަރުވަނީ

ad image

ގުޅުންހުރި ލިޔުންތައް


21 އެޕްރީލްވާ ހުކުރު ދުވަހުގެރޭ ހަވާ އަރުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެގޮތުން އެ އިދާރާއިން ބުނީ 131 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި އޭޕްރިލް 21 ވަނަ ދުވަހު ރޭ 20:00 އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑްގެ ހުށަހެޅުންތަކާއެކު ޖުމްހޫރީ މައިދާން ސަރަހައްދުގައި ހަވާއަރުވާގޮތަށްވަނީ ހަމަޖެހިފައި ކަމަށެވެ.
އަދި ހަވާ އަރުވަން ފަށާނީ އެރޭގެ 20:20 ހާއިރު ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

މީގެއިތުރުންވެސް ސިފައިންގެ ދުވަހުގެ ހަރަކާތްތައް ފެށިގެންދާނީ އޭޕްރީލް 21 ވަނަ ދުވަހުގެ ހެނދުނު 0600 ޖަހާއިރު އޮންނަ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުންނެވެ. އަދި އެދުވަހުގެ ހަވީރު 1600 އިން ފެށިގެން މާލޭގެ ބޮޑެތި މަގުތަކުގައި ޝަރަފްގެ ހިނގާލުން އޮންނާނެ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

އެކި މުނާސަބަތުތަކާއި ގުޅިގެން ހަވާއަރުވާއިރު މިއީ ދިވެހިންގެ ގިނަ ބަޔަކު އެ ބެލުމަށްޓަކައި ހަވާ އަރުވާ ތަނަކަށް އެއްވާ ވަރަށް އުފާވެރިކަން ލިބޭ ހަރަކާތެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ