- Advertisement -ad image

ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެކަން ނުވަތަ ނޫންކަން ވީހާވެސް އަވަހަކަށް އީސީން ނިންމަންޖެހޭ: ޝަރީފް

ad image

ގުޅުންހުރި ލިޔުންތައް


މިއަރު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީނަށް ވާދަކުރެއްވޭނެކަން ނުވަތަ ނޫންކަން ވީހާވެސް އަވަހަކަށް އިލެކްޝަންސް ކޮމިޝަނުން ނިންމަންޖެހޭ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބުރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.
މަވޯޓާ ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތެއްގެ މައްސަލައިގެ އިސްތިއުނާފު މަރުހަލާ ކުރިއަށްދާނަމަ އިންތިހާބުތަކަށް ކުރިމަތިލެވޭނެ ކަން ނުވަތަ ނޫންކަން އިލެކްޝަނުން ނިންމަންވެއްޖެ ކަމަށެވެ.
“ އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާއިރު އެ މަނިކުފާނު ވަނީ އެހުކުމް އިސްތިއުނާފުކޮށްފައި. އިސްތިއުނާފުން ނިހާޔީ ހުކުމާއި ހަމައަށް އަދި ނުދޭ. މިހާލަތުގައި ކެންޑިޑެސީއާމެދު އަވަހަށް އީސީއިން ގޮތެއް ނިންމުން މުހިންމު “ ޝަރީފު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އަށް ވެސް ކުރިއަށް ދެވޭނީ ރައީސް ޔާމީންގެ ކެންޑިޑެސީ އާމެދު ގޮތެއް ނިމިގެން ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނަރ ފުވާދު ތައުފީގު ރައީސް ޔާމީނަށް ކުރިމަތި ލެވިދާނެއޭ ނުވަތަ ނުލެވިވެސްދާނެއޭ ވިދާޅުވަމުން ގެންދިއުމުގެ ބަދަލުގައި މި މުހިއްމު މައްސަލައަށް އަވަސް ގޮތެއް ނިންމާ އިއުލާން ކުރަންޖެހޭ ކަން ޝަރީފު ފާހަގަ ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ