- Advertisement -ad image

އަނެއްކާ ޕްލާސްޓިކް ކޮތަޅު އަގުހެޔޮ ކުރަން ތާއީދެއް ނުކުރަން: ނަޝީދު

ad image

ގުޅުންހުރި ލިޔުންތައް


ޕްލާސްޓިކް ކޮތަޅު އަގުހެޔޮ ކުރަން ތާއީދު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެއްޖައި ނަޝީދު ވިދާޅުވީ،
ސަރުކާރުގެ ސިޔާސަތަކީ ސިންގަލް ޔޫޒް ޕްލާސްޓިކް މަދުކުރުން ކަމަށާއި، އެކަން ކުރެވެން އޮތް ގޮތަކީ ޓެކްސް ބޮޑުކުރުން ނުވަތަ އުގޫބާތް ކަނޑައެޅުން ކަމަށެވެ.
ނަޝީދު ވިދާޅުވީ ޕްލާސްޓިކު ކޮތަޅުގެ އަގު ބޮޑުކުރީ އެނގި ތިބެ ކަމަށާއި އެމަނިކުފާނު ގަބޫލުކުރާ ގޮތުގައި ކޮތަޅު ބޭނުން ކުރުން މަދު ކުރުމަށް ކުރާ މަސައްކަތް ހުއްޓާލައިގެން ނުވާނެ ކަމަށެވެ.
އަދި ސަރުކާރުގެ ސިޔާސަތު ލާހޫރޭ ކަމީ އެމްޑީޕީއަށް ލިބޭ ބޮޑު ދެރައެއް ކަމަށާއި ނަމަވެސް ޕްލާސްޓިކް ކޮތަޅުގެ އަގު ދަށްކުރަން ތާއީދު ނުކުރައްވާ ކަމަށެވެ.
ނަޝީދު މިގޮތަށް މެސެޖުކުރެއްވިއިރު މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް ވަނީ ޕްލާސްޓިކް ކޮތަޅުން ޑަބަލް ޓެކްސް އުވާލުމަށް ސަރުކާރުން ހުށަހަޅާ އިސްލާހު އެޖެންޑާ ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ