- Advertisement -ad image

ކެޔޮދޫ މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ވ ކެޔޮދޫ މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލި 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކެޔޮދޫ މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލާފައިވާ ކަމުގެ މައުލޫމާތު ރޭ 12:53 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަދި މިމައްސަލައާއި ގުޅިގެން އެރަށުން 27 އަހަރުގެ ދިވެހި ފިރިހެނެއް ރޭގެ ވަގުތެއްގައި ހައްޔަރު ކުރި ކަމަށް ފުލުހުން ހާމަކުރެއެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ބުނެފައިވެއެވެ.
ކެޔޮދޫ މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލައިގެން މީހަކު ހައްޔަރު ކުރިއިރު އެރަށު މިސްކިތުގައި ހުރި ހަތިމުތައް ވީދަމުންދާ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ