- Advertisement -ad image

އުސޫލުން ބޭރުން ފްލެޓްތަކެއް ދޫކުރުމަށް މަސައްކަތްކުރި މައްސަލައެއް ވަނީ ސަމާލުކަމަށް އައިސްފައި: އަސްލަމް

ad image

ގުޅުންހުރި ލިޔުންތައް

ކަނޑައަޅާފައިވާ އުސޫލުން ބޭރުން ފްލެޓްތަކެއް ދޫކުރުމަށް މަސައްކަތްކުރި ކަމުގެ މައްސަލައެއް އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަމާ ގުޅިގެން އެކަން ރަނގަޅުކުރެއްވުމަށް އެފަރާތަށް މިހާރު އިރުޝާދު ދެއްވާފައިވާ ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމު ވިދާަޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަސްލަމު ވިދާޅުވީ، ސަރުކާރު ކުންފުނިތަކުން އަޅާ ފްލެޓްތަކުގެ އެޕާޓްމަންޓްތަކެއް ކުންފުނީގެ މުވައްޒަފުންނަށް ޚާއްސަކުރުމަށް އިންކާރު ނުކުރަށްވާ ކަމަށެވެ.
ނަމަވެސް އެގޮތަށްވެސް ސޯޝަލް ހައުސިންގެ ދަށުން އަޅާ ފްލެޓްތައް ދޭންވާނީ މިނިސްޓްރީން ކަނޑައަޅާފައިވާ ކެޓަގަރީއަށް ފެތޭގޮތަށް ކަމަށެވެ. އަދި ސޯޝަން ކެޓަގަރީއަށް ފެތޭ މީހަކަށް ސޯޝަލް ހައުސިންއެއް ލިބެން ޖެހޭއިރު އަދި ފްލެޓެއް ހުރި މީހަކަށްވެސް ފްލެޓެއް ލިބިގެން ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަސްލަމު މިމޭރުމުން މަޖިލީހުގައި ވާހަކަދެއްކެވިއިރު ދާދި ފަހުން ވަނީ އާރބަންކޯގެ އިސްވެރިންތަކެއް ފްލެޓްތަކެއް ބެހި ކަމުގެ މައްސަލައެއް ފެންމަތިވެ ފްލެޓުލިބޭ 34 މީހެއްގެ ނަން ހިމެނޭ ލިސްޓެއްވެސް ލީކުވެފައެވެ. ނަމަވެސް އާރބަންކޯއިން ވަނާީ މިއީ އަސްލެއް ނެތް ލިސްޓެއް ކަމަށް ބުނެ މައްސަލަ އޮއްބާލާފައެވެ.
މައްސަލަދިމާވީ ކޮން ކުންފުންޏެއް ކަމެއް އަސްލަމު ވިދާޅެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ