- Advertisement -ad image

އުއްޗު ހަދިޔާކުރި ކާއްޓާއި ކަރާ ބަހަން މާދަމާ ފަށަނީ

ad image

ގުޅުންހުރި ލިޔުންތައް


ޗަމްޕާ ބްރަދަރސްގެ ފަރާތުން ރައްޔިތުންނަށް ހަދިޔާ ކޮށްފައިވާ ކާށި އަދި ކަރާ ބެހުމަށް މާދަމާ ފަށާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
އެގޮތުން ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ދިވެހި ރައްޔިތުންނަށް ބެހުމަށް ޗަމްޕާ ބްރަދަރސްގެ ފަރާތުން ހަދިޔާ ކޮށްފައިވާ ކާށި އަދި ކަރާ އެކައުންސިލު މެދުވެރިކޮށް ބެހުމަށްވަނީ ހަމަޖެހިފައި ކަމަށެވެ.
އެގޮތުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ވަޑައިގެންނެވުމުން، މާދަމާ (27 އޭޕްރިލް 2023) އިން ފެށިގެން ފަޤީރުންނަށާއި ޢާންމު ރައްޔިތުންނަށް ކާށި އަދި ކަރާ ލިބޭނެ ކަމަށެވެ.
ކާށި އަދި ކަރާ ބެހުން ކުރިއަށްދާނީ މާލެސިޓީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާއި ބެހޭބައި (ތައިސޭކޮށި / ބޮޑުތަކުރުފާނުމަގު) 27 އޭޕްރިލް 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 ން 15:00 އަށް، ރޭގަނޑު 21:30 ން 00:00 އަށް އަދި 29 އޭޕްރިލް 2023 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 12:00 އަށް، މެންދުރުފަހު 13:00 ން 17:00 އަށް، ރޭގަނޑު 20:30 ން 23:30 އަށެވެ.
އަދި ހުކުރު ދުވަސް ބަންދުވާނެ ކައުންސިލުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ