- Advertisement -ad image

އާސަރާ މަރާމާތު ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް


އާސަހަރާ މިސްކިތް މަރާމާތު ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 98 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

މި ޖަލްސާގައި މަރާމާތު ކުރަން ނިންމާފައިވަނީ އާސަހަގެ އަންހެނުން ނަމާދު ކުރާ ސަރަހައްދު ބޮޑު ކުރުމަށާއި އަދި ސަހަރާއަށް ގޮސްތިބޭ މީހުން މަޑުކޮށްލާނެ “ވެއިޓިންގ އޭރިއާ” އެއް ގާއިމު ކުރުމަށް ކަމަށް ކައުންސިލުން ބުނެއެވެ.

މިކަން ކުރުމަށް ކުރަންޖޭހޭ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ