- Advertisement -ad image

ޗާގޯސް މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އިޓްލޮސްއަށް ސިޓީއެއް ހުށަހެޅުމަށް ތައްޔާރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތު އޮތުމަށް ދިވެހިން ނުރުހޭކަން ހާމަކޮށް އިންޓަނޭޝަނަލް ޓްރިބިއުނަލް އޮން ދި ލޯ އޮފް ދަ ސީސް (އިޓްލޮސް)އަށްރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސިޓީފުޅެއް ފޮނުވަން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިދިކޮޅު ކޯލިޝަންއިން ކުރިން ބާއްވަން ނިންމާފައި އޮތް “ކޮތަޅު” ޖަލްސާ ފަސްކޮށް ހުކުރު ދުވަހު “ޗަ ގޯސް”ގެ ނަމުގައި ބާއްވާ ޖަލްސާގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ޖަލްސާގައެެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމު ޗާގޯސް މައްސަލަ ފަދަ ޤައުމީ ހައްސާސީ ހުރިހާ މައްސަލަތަކެއްގައި އެންމެ ބޮޑަށް އިސްނަންގަވައިގެން މަސައްކަތްކުރައްވަނީ އެ ކޯލިޝަނުގެ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސި ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ކަމަށެވެ.

އެމަނިކުފާނު ޖަލަށް ލުމުގެ ކުރިންވެސް މި މައްސަލައާމެދު ވާހަކަދައްކަވައި މިއީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށް ވިދާޅުވެ ވަކާލާތުކުރައްވާފައިވާކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ، އެ މައްސަލާގައި ދިވެހިން ސަރުކާރުގެ ނިންމުމާ ނުރުހޭކަން ހާމަކޮށް އިޓްލޮސްއަށް ސިޓީއެއް ފޮނުވުމަށް ރައީސް ޔާމީން ޕީޕީއެމަށް އިރުޝާދުދެއްވާފައިވާ ކަމަށެވެ. އަދި މިސިޓިގައި ބައިވެރިވުމަށް އެހެން ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް މިހާރުވަނީ ދައުވަތު ފޮނުވާފައިކަމަށް ޕީޕީއެމުން ވަނީ ހާމަކޮށްފައެވެ.

ޒަމާނުއްސުރެ ރާއްޖެއިން ދަމަހައްޓަމުން އައި ސިޔާސަތެއް ބަދަލުކޮށް ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ފުރިހަމަ ސިޔާދަތީ ބާރު އޮންނާނެކަން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ޤަބޫލުކޮށް، އދ.ގެ އާންމު މަޖިލީހުގައި ޗާގޮސްގެ ސިޔާދަތާ ގުޅޭ ގޮތުން ދެން ނަގާ ވޯޓެއްގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއަކުން އަންގަވާފައެވެ.

އެ ސިޓީ ހޯދުމަށް ރައްޔިތުންގެ މަޖިލީހުން އެދުމުންވެސް އަދި މިހާތަނަށް ސަރުކާރުން އެ ސިޓީ ހާމަކޮށްފައިނުވެއެވެ. އެ ސިޓީ ރައީސް ފޮނުއްވިކަން ހާމަވީ އިޓްލޮސްގައި މިހާރު ހިނގަމުންދާ ޗާގޮސްއާއި ރާއްޖޭގެ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ އިންވަކިކުރުމުގެ މައްސަލައިގެ ތެރެއިން މޮރިޝަސްގެ ލޯޔަރުން އެ ސިޓީ ފޮނުއްވިކަމާއި އެ ސިޓީގައި ހުރީ ކޮން ކަންތައްތަކެއްކަން ބަޔާންކުރެއްވުމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ