- Advertisement -ad image

ފޭކް ޓީޓީ ފޮނުވައިގެން ވިޔަފާރި ކުރި ހުސެއިން ޝިފާއުގެ މައްޗަށް މަކަރާއި ހީލަތުގެ 23 ދައުވާއެއް

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖެ އެތެރެކުރި މުދަލަށް ބޭރު ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހަދައިފައިވާ މައްސަލައެއްގައި މީހެެއްގެ މައްޗަށް ދަޢުވާކުރައްވަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅުއްވައިފިއެވެ. މި މައްސަލާގައި ދަޢުވާކުރަނީ މއ.ހަނީސަކްލް-1 ހުސެއިން ޝިފާއު މައްޗަށެވެ.
ހުސެއިން ޝިފާއުގެ މައްޗަށް ދަޢުވާކުރައްވަނީ އިތުރު މީހަކާ ބައިވެރިވެގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕަމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ކަމުގައިވާ “ކިންގްޑަމް އޮފް ފުރުޓްސް” މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ މުދާ ރާއްޖެ އެތެރެކޮށް، އެ މުދަލަށް ބޭރު ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހަދައިފައިވާ މައްސަލައިގައެވެ.
އޭނާގެ މައްޗަށް އުފުއްލަވައިފައިވަނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 9 ދައުވާ އާއި، މަކަރާއި ހީލަތް ހެދުމުގެ ކުށުގެ 7 ދައުވާ އާއި، މަނީ ލޯންޑްރިންގގެ ކުށުގެ 7 ދަޢުވާއާއެކު، ޖުމްލަ 23 ދައުވާއެވެ. މި ދަޢުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޝިފާއު މި ކުށުގެ އަމަލު ހިންގާފައިވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން އޭނާ ގަނެފައިވާ ތަކެއްޗަށް ފައިސާ ދިންކަމަށް ދެއްކުމުގެ ގޮތުން ސައްހަނޫން ލިޔުން އުފައްދައި ހުށަހަޅައިގެން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

އެގޮތުން މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ، އެއްލައްކަ ތޭވީސްހާސް އަށްސަތޭކަ އަށްޑިހަ ހަތަރެއް ޕޮއިންޓް ފަހެއް ހަތަރެއް އެމެރިކާ ޑޮލަރެވެ. ދިވެހި ރުފިޔާއިންނަމަ އެއް މިލިއަން ނުވަލައްކަ ނުވަހާސް ހަސަތޭކަ އައްޑިހަ ދެ ރުފިޔާއެވެ.
މި ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދި ހުށަހަޅުއްވާފައިވާ ކަމަށް ވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ