- Advertisement -ad image

ސަރުކާރުގެ ނުފޫޒުން ރައީސް ޔާމީނުގެ ގާނޫނީ އެތައް ހައްގެއް ވަނީ ނިގުޅައިގެންފައި: ޝިޔާމު

ad image

ގުޅުންހުރި ލިޔުންތައް


ސަރުކާރުގެ ނުފޫޒުން ކުރިމިނަލް ކޯޓުގައި ކުރިޔަށްދާ ރައީސް ޔާމީންގެ މައްސަލަ އަވަސް އަރުވާލާ ފުލުފުލުގައި ޝަރީއަތްތައް ބާއްވާ އެމަނިކުފާނުގެ ޤާނޫނީ އެތައް ޙައްޤެއް ވަނީ ނިގުޅައިގަނެފައި ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ޝިޔާމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރިމިނަލް ކޯޓުގައި ކުރިޔަށްދާ ފުއްގިރި މައްސަލާގައި ދައުލަތުން ހުށައަޅާފައިވާ ހެކީގެ މައްސަލަ ސުޕުރީމް ކޯޓުގައި ރައީސް ޔާމިންގެ ފަރާތްޕުޅުން އިސްތިއުނާފުކުތައްވާފައި ވަނިކޮށް އެމައްސަލާގައި ސުޕުރީމްކޯޓުގެ ފައިސަލާއެއް ނެތި ކުރިމިނަލް ކޯޓުގައި މައްސަލަ ކުރިޔަށް ގެންދިއުމަކީ ޖިނާއީ އިޖުރާތު ޤާނޫނު އަދި ހެއްކާ ބެހޭ ޤާނޫނުން ރައީސް ޔާމީނަށް ލިބިގެންވާ ޙައްޤުތަކެއް ނިގުޅައިގަތުން ކަމަށެވެ.
އަދި ޤާނޫނު އަސާސީގެ 20 ވަނަ މާއްދާއިން ޤާނޫނުން ލިބިދޭ ރައްކާތެރިކަންް ހަމަހަމަ ކަމާއި އެކު ލިބުމަކީ ރައީސް ޔާމީނަށްވެސް ކަށަވަރުކޮށްދޭން ޖެހޭ ހައްޤެއްކަމާ އަދި ހަމަ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާއިން ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީއަތްކުރުމުގެ ޙައްޤުންވެސް އެމަނިކުފާން މަޙުރޫމު ކުރުމަކީ އެމަނިކުފާނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއްކަން ޝިޔާމު ފާހަގަކުރެއްވިއެވެ.
މީގެ ކުރިން ލައިވުކޮށް ކުރިޔަށް ގެންދިޔަ ޝަރީއަތްތައް މިހާރު ކޯޓަށް ހާޟިރު ނުކޮށް ލައިވުނުކޮށް އޮންލައިންކޮށް ގެންދަންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށާއި ރައީސް ޔާމީނަށް އަނިޔާދިނުން ފިޔަވާ ރައްޔިތުންނަށް ސިއްރުން ދަޢުލަތުން މިކަންކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ޝިޔާމު ވިދާޅުވިއެވެ.
“ ރައީސް ޔާމީނަކީ ތަޙުޤީގުތަކާ ޝަރީޢަތްތަކަށް ފިއްލަވައިގެން އުޅުއްވާ ބޭފުޅެއްނޫން. އެމަނިކުފާނަށް ނިޒާމުން އަނިޔާދީ އަނިޔާވެރިވުމަކީ ދިވެހި އެއްވެސް ރައްޔިތަކު މަޢާފުކުރާނެ ކަމެއްނޫން” ޝިޔާމު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ