- Advertisement -ad image

ރާއްެޖެއިން ބައެއް ގެލިގެން ދިޔުމަކީ ކާމިޔާބީއެއް ނޫން: އަލީ ހުސެއިން

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖެ އާއި މޮރީޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ އިމުގެ މައްސަލަ އިގާ ރާއްޖެއިން ބައެއް ގެއްލިގެން ދިއުމަކީ ކާމިޔާބެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ކަނޑުގެއިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އަށް ހުށަހަޅާފައިވާ ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސް (ފޯޅަވަހި) މައްސަލައިގައި ރާއްޖެއިން ބޭނުންވާ ގޮތަށް ހުކުމް ކޮށްފައިވަނީ މިއަދުއެވެ.
މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އަލީ ހުސެއިން ވިދާޅުވީ، އިމުގެ މައްސަލައިގައި ރާއްޖެއަށް ކާމިޔާބީ ލިބުނުކަމަކަށް ނުބެލެވޭ ކަމަށެވެ.
އަދި ރާއްޖެއަށް ލިބެންއޮތް ސަރަޙައްދުން ބައެއް ގެއްލުމަކީ ކާމިޔާބީއެއް ނޫން ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ މިއަދާ ހަމައަށް ދިވެހި މަސްވެރިން މަސްވެރިކަން ކުރުމަށް ނިކުމެ އުޅެވޭ ސަރަޙައްދަކަށް މާދަމާ ނުނިކުމެވޭ ގޮތަށް މައްސަލަ ނިމުމުން އެއީ ކާމިޔާބީއެއް ކަމަށްބުނެ ބައެއް މީހުން އުފާކުރުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.
ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިޓްލޮސްއަށް ހުށަހަޅާފައި ވަނީ ރާއްޖެއާއި މޮރިޝަސްގެ އިގްތިސޯދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދިނުމަށެވެ.
ފޯޅަވައްސަކީ އައްޑޫ ސިޓީގެ ދެކުނަށް އޮންނަ ޖަޒީރާއެކެވެ. މޮރިޝަސް އަށް ވުރެ ރާއްޖެއާ އިންވާ ގޮތަށް އޮންނަ އެ ޖަޒީރާއަކީ މިހާރު އިނގިރޭސިން ބަލަހައްޓާ ތަނެކެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ