- Advertisement -ad image

ދިވެހި މަސްކަނޑުގެ ބޮޑު ބައެއް ފަޅުރަށަކަށް ވިއްކާލީ މިއީ ކާމިޔާބެއްނޫން: ޝުޖާއު

ad image

ގުޅުންހުރި ލިޔުންތައް


ދިވެހި މަސްކަނޑުގެ ބޮޑު ބައެއް ފަޅުރަށަކަށް ވިއްކާލާފައިވާ ކަމަށާއި މިއީ ކާމިޔާބެއްނޫން ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ކަނޑުގެއިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އަށް ހުށަހަޅާފައިވާ ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސް (ފޯޅަވަހި) މައްސަލައިގައި ރާއްޖެއިން ބޭނުންވާ ގޮތަށް ހުކުމް ކޮށްފައިވަނީ މިއަދުއެވެ.
މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޝުޖާއު ވިދާޅުވީ، ޒަމާނުއްސުރެ ”ފެހި ކުލައިގައި“އެއޮތީ ރާއްޖޭގެ ސަރަހައްދު ކަމަށެވެ.


‏އަދި 500 މިލިއަން ޑޮލަރު ނަގައި ރައްޔިތުންނަށް ވަގަށް ދިން ”އެސިޓީން“ ދެބައިކުޅަ އެއްބައި އެއޮތީ އެފްރިކާގެ މޮރިޝަސްއަށް ދީފައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ މިއީ ބޮޑު ޚިޔާނާތެއް ކަމަށައި ޤާއުމަށްވީ ބޮޑު ޣައްދާރު ވުމެއް ކަމަށެވެ.

ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިޓްލޮސްއަށް ހުށަހަޅާފައި ވަނީ ރާއްޖެއާއި މޮރިޝަސްގެ އިގްތިސޯދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދިނުމަށެވެ.
ފޯޅަވައްސަކީ އައްޑޫ ސިޓީގެ ދެކުނަށް އޮންނަ ޖަޒީރާއެކެވެ. މޮރިޝަސް އަށް ވުރެ ރާއްޖެއާ އިންވާ ގޮތަށް އޮންނަ އެ ޖަޒީރާއަކީ މިހާރު އިނގިރޭސިން ބަލަހައްޓާ ތަނެކެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ