- Advertisement -ad image

އިޓްލޮސްގެ ނިންމުން ބަލައި ނުގަތުމަކީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތް: ނަޝީދު

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖެއާއި ޗާގޯސްގެ މެދުގައި އޮތް ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައިގެ އިންވަކިކުރުމުގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އިން ނިންމި ނިންމުން ބަލައި ނުގަތުމަކީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތްކަމަށް ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗާގޮސް އަތޮޅުތަކުގެ ސިޔާދަތީ ބާރު ރާއްޖެއިން ދޫކޮށްލުމުން މިހާރު މިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައި ކަމަށެވެ.
މިކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާގޮތުގައި އިޓްލޮސްގެ އެ ނިންމުން ބަލައި ނުގަތުމަކީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތްކަމަށެވެ.


ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިޓްލޮސްއަށް ހުށަހަޅާފައިވާ މައްސަލަ ނިމުނީ ރާއްޖޭގެ އީޒެޑް ސަރަހައްދުން ބޮޑު ބައެއް ގެއްލޭ ގޮތަށެވެ.

އިޓްލޮސް އިން އެ މައްސަލައިގައި ހުކުމް އިއްވީ ފުށުއަރާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއާއި މޮރިޝަސްއާ ދެމެދު އެއްވަރަކަށް ބެހުމަށެވެ. އެއާއެކު ރާއްޖޭގެ މަސްވެރިން މަސްވެރިކަން ކުރާ ކަނޑުގެ ސަރަހައްދުން 50000 އަކަ ކިލޯ މީޓަރަށްވުރެ ބޮޑު ބައެއް ގެއްލޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ