- Advertisement -ad image

އިންތިހާބަށް ހަތަރު މަސް: ކުޑަނުވާނެއޭ ކިޔާ ބަހަނާ ދެއްކި ހިޔާ ފްލެޓްތަކުގެ އަގު ކުޑަ ކުރަން ސަރުކާރުން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް


ރިޔާސީ އިންތިހާބަށް ހަތަރު މަހަށް ވެފައި ވަނިކޮށް ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން ސަރުކާރުން ނިންމައިފިއެވެ.
ހުޅުމާލެ ފޭސް ދެއެއްގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށިތާ ގިނަ ދުވަސްތަކެއްވެފައިވާއިރު މިހާރު ނަގަމުން އަންނަ ކުލި ކުޑަކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ސަރުކާރުން އައީ ތަކުރާރުކޮށް ބުނަމުންނެވެ.

ނަމަވެސް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ އަގު ކުޑަކުރާނެ ގޮތްތަކެއް ހޯދިފައިވާކަމަށާއި، ހިޔާ ފްލެޓުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިތަކެއް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހިޔާ ފްލެޓުތަކުގެ އަގު ކުޑަކުރުމަށް މަޝްވަރާތަކެއް ކުރެވޭތާ ދުވަސްތަކެއްވެފައިވާކަމަށެވެ. ރައީސް ވިދާޅުވީ ހިޔާ ފްލެޓަށް ކޮށްފައިވާ އިންވެސްޓްމަންޓަށް ގެއްލުން ނުވާނެގޮތަށް އަދި ސަރުކާރަށްވެސް ގެއްލުން ނުވާނެ ބަދަލުތަކެއް ގެނައުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން ހިޔާ ފްލެޓުތަކުގައި ކުއްޔަށް ދިރިއުޅޭ ރައްޔިތުންނަށް ލުއިތަކެއް ލިބޭނެކަަމަށާއި، ނަމަވެސް އެ ފްލެޓްތަކަށް ކޮށްފައިވާ ޚަރަދުތައް ބަދަލުވަނީނޫންކަމަށެވެ. ރައީސް ވިދާޅުވީ ހިޔާ ފްލެޓުގެ އަގަށް ގެންނަ ހެޔޮ ބަދަލު އަދި ޢާންމުކުރައްވާފައިނުވާކަމަށާއި، ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށެވެ.
” މާނަކީ އެތަނަށް، ހިޔާ ފްލެޓަށް ކުރި ޚަރަދަށް ބަދަލުވަނީއެއްނޫނޭ. ޚަރަދު 25 އަހަރަށް އިތުރުކުރީމަ އަންނަ ޢަދަދު ކުޑަކުރެވޭތޯ، އަދިވެސް ކުޑަކުރެވޭނެ ގޮތް ހުންނާނެ. އަޅުގަނޑުމެންނަށް މަޝްވަރާކޮށް ހޯދުނު ފޯމިއުލާއެއް އެއީ. އެ އަގު ވަރަށް އަވަހަށް ހާމަކުރެވޭނެ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގައި ހިޔާގެ ކުލި 5300 އަށް ކުޑަކުރުމަށްވަނީ ނިންމާފައެވެ. ނަމަވެސްހިޔާ ފްލެޓުގެ އަގަށް ގެންނަ ބަދަލު ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ