ފޭދޫ ފިނޮޅު ކައިރިން ދަތުރުކުރަމުން ދިޔަ ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މިއަދުގެ 16:42 ހާއިރު ކ. ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗެއް އެކްސިޑެންޓެއް ވެފައިވާ ކަމުގެ ރިޕޯޓު ލިބުނު ކަމަށެވެ.


އަދި އެކްސިޑެންޓުގައި އަނިޔާވި 53 އަހަރުގެ ފިރިހެނަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
އެކުސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށްވެސް ބުނެފައިވެއެވެ.