ހަތަރު ދިވެހިންނާއެކު ދަތުރުކުރަމުންދާ ދޯންޏެއް ދިޔަވެ އަޑިއަށްދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ހަތަރު ދިވެހިންނާއެކު ތ. ދިޔަމިގިއްޔަށް ދަތުރުކުރި “މާކުރީ 7” ދޯނި ތ.ވިލިފުށީގެ ހުޅަނގު އުތުރުން 6 މޭލު ބޭރުން ދިޔަވެ އަޑިއަށްދާކަމުގެ މަޢުލޫމާތު ލިބުމާއިގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފާވާ ކަމަށެވެ.
