- Advertisement -ad image

މަސައްކަތްތެރިންގެ ހައްގުގައި ކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް އެބަހުރި: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


މަސައްކަތްތެރިންގެ ހައްގުގައި ކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް އެބަހުރި ކަމަށާއި އަދި އެކަންކަން ކުރުމުގައި ސަރުކާރު ދެމިއޮންނާނެކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވީ، މަސައްކަތްތެރިންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ، ނަސްލީ ތަފާތެއް އަދި މިންތީ ތަފާތެއް ނެތި، ވަރަށް އިންސާފުވެރި ސިޔާސަތެއްގެ ދަށުން ކަމަށެވެ.
ދޭސީންނާއި ބިދޭސީން ފަރަގުކުރުމެއް ނެތި، ހުރިހާ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދެމުން އަންނަނީ، އެއިން ކޮންމެ މީހަކުވެސް އެ އަދާކުރަނީ ޤައުމީ ތަރައްޤީގެ ވަރަށް މުހިންމު ދައުރެއްކަން ޤަބޫލުކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ