- Advertisement -ad image

ޖުލައި މަހުން ފެށިގެން ހިޔާ ފްލެޓްތަކުގެ އެތެރޭގެ މަރާތު ކުރަން ޖެހޭނީ އަމިއްލައަށް!

ad image

ގުޅުންހުރި ލިޔުންތައް


ހިޔާ ފްލެޓްތަކުގެ އެޕާޓްމަންޓްތަކުގެ އެތެރޭގެ މަރާމާތުގެ ކަންކަން، އަންނަ ޖުލައި މަހުން ފެށިގެން ބަލަހައްޓަންވާނީ އެ އެޕާޓްމަންޓެއްގެ ވެރިން ކަމަށް އެޗްޑީސީން ބުނެފިއެވެ.

ހިޔާ ފްލެޓްތަކުގެ ކޮންޓްރެކްޓްގައިވާގޮތުން، “ކޮންޓްރެކްޓަރ ޑިފެކްޓްސް ލައިބިލިޓީ ޕީރިއަޑް” ނުތަވަ، ފްލެޓްތަކުގެ ހުރި މައްސަލަތައް އެޗްޑީސީން ޙައްލުކޮށްދޭނެ މުއްދަތުގެ ގޮތުގައި ލިޔެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށެވެ. އެގޮތުން ފްލެޓްތަކަށް ދިމާވާ ފެން ލީކުވުމުގެ މައްސަލައާއި، ފާޚާނާއާއި ބެލްކަނީގެ ސްލޯޕްތަކުގެ މައްސަލައިގެ އިތުރުން ފާޚާނާގެ ޑްރެއިން ބްލޮކްވުން އަދި ކަރަންޓުގެ މައްސަލަތައް ޙައްލުކޮށްދެމުން އައީ އެޗްޑީސީންނެވެ.
އެކޯޕަރޭޝަނުން ބުނީ ޚިދުމަތުގެ ކޮންޓްރެކްޓް މުއްދަތު ހަމަވުމާއި، އަދި އޭގެ އިތުރަށްވެސް 6 މަސްދުވަހު އެޗްޑީސީން އެޚިދުމަތް ދީފައިވާ ކަމަށެވެ. އަދި މިގޮތަށް 6 މަސް ދުވަސް އިތުރުކޮށްދީފައިވަނީ، ހިޔާގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

ހިޔާ ކޮންޓްރެކްޓް އޮތްގޮތުން ފްލެޓާއި ހަވާލުވާ ދުވަހުން ފެށިގެން، ފްލެޓް ހުންނާނީ ގަންނަ ފަރާތުގެ ފުރިހަމަ ޒިންމާއާއި ބެލުމުގެދަށުގައެވެ. ނަމަވެސް ކޮންޓްރެކްޓަރ ޑިފެކްޓެއް ހުރެދާނެކަމަށް ބަލާ، އެޗްޑީސީން މެއިންޓަނަންސް ބެލެހެއްޓުމަށް ވަކި މުއްދަތެއް ވަނީ ކަނޑައަޅާފައެވެ.
މިހާތަނަށް އެޗްޑީސީއަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން ގިނަ ކަންކަމަށް ޙައްލު ހޯދައިދީފައިވާ ކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ. އަދި މިހާރު މެއިންޓަނަންސާއި ގުޅިގެން ހުށައެޅޭ މައްސަލަތައްވެސް ދަށަށް ގޮސްފައިވާކަމަށް އެޗްޑީސީން ބުނެއެވެ.
އެހެންކަމުން އަންނަ ޖުލައި މަހުން ފެށިގެން އެޗްޑީސީން ބަލަމުންދާނީ، ހިޔާ ފްލެޓްގެ އިމާރާތްތަކުގައި ހިމެނޭ އާއްމު ތަންތަނާއި ވަސީލަތްތަކަށް ދިމާވާ މައްސަލަތައް އެކަނި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ނަމަވެސް ފްލެޓްތަކުގެ އެތެރޭގެ މައްސަލަތަކުގައި، ފަންނީ އެހީ ފޯރުކޮށްދެމުންދާނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ