- Advertisement -ad image

މޫސުން ވަރަށް ގޯސް، މޫދު ކުޅިވަރުތަކާއި މޫދަށް އެރި އުޅުމުގައި ސަލާމަތާއި ރައްކާތެރިކަން ޔަޤީން ކުރައްވާ!

ad image

ގުޅުންހުރި ލިޔުންތައް


މިދުވަސްވަރު މޫސުން ވަރަށް ގޯސްވެފައިވާތީ މޫދު ކުޅިވަރުތަކާއި މޫދަށް އެރި އުޅުމުގައި ސަލާމަތާއި ރައްކާތެރިކަން ޔަޤީން ކުރެއްވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
މެރިން ޕޮލިހުން ބުނީ މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މޫސުން ގޯސްވަމުން ދާތީ އާއި މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަނޑުމަތީގެ އެކި ޚާދިސާތައް ހިނގަމުންދާތީ ޚާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން ދަތުރު ކުރުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ތ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވަނީ މިހާރުވެސް ރީނދޫ ސަމާލު ނެރެފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ މިރޭ 00:00 އިން ފަތިހު 04:00 އަށެވެ.
މިވަގުތުގައި ބޯކޮށް ވާރޭވެހި ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ