- Advertisement -ad image

” މާލެ ފެހި ފެއަރ 2023 ” ގެނަމުގައި އާއްމުންނަށް ހުޅުވާލައިގެން ގަސް ވިއްކުމުގެ ފެއަރ އެއް މާލެސިޓީ ކައުންސިލުން ބާއްވަނީ

ad image

ގުޅުންހުރި ލިޔުންތައް


މާލެސިޓީ ކައުންސިލްގެ ފަރާތުން ” މާލެ ފެހި ފެއަރ 2023 ” ގެނަމުގައި ގަސް ވިއްކުމުގެ ފެއަރ އެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ. މި ފެއަރ އޮންނާނީ މި މެއި މަހުގެ 11 – 13 އަށް އާޓިފިޝަލް ބީޗްގައެވެ.

މި ފެއަރ ގައި ގަސް ވިއްކާ ފަރާތްތައް ބައިވެރިކުރުމުގެ ގޮތުން 15 މޭޒު ޢާއްމުކޮށް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. މޭޒެއްގެ އަގަކީ 3 ދުވަހަށް 1500 ރުފިޔާއެވެ. މި މޭޒުތައް ތައްޔާރުކުރުމާއި، އެތަނުން ބޭނުންވާ ކަރަންޓް ފޯރުކޮށްދޭނީ މާލެސިޓީ ކައުންސިލްގެ ފަރާތުންނެވެ.

” މާލެ ފެހި ފެއަރ 2023 ” އާއި ގުޅޭގޮތުން މާލެސިޓީ ކައުންސިލްގެ ޕްރޮޖެކްޓް މެނޭޖަރ މުޙައްމަދު މަބްރޫކް ވިދާޅުވީ މިފަދަ ފެއަރއެއް ބޭއްވުމުގެ މަޤްޞަދަކީ ގަސް ހައްދާ ގެންގުޅޭ އާއްމު ފަރާތްތަކަށް ގަސް ވިއްކުމުގެ ފުރުޞަތު ދިނުން ކަމަށެވެ. އެގޮތުން ގޭގޭގައި ގަސް ހައްދާ ފަރާތްތަކަށްވެސް މި ފެއަރގައި ބައިވެރިވެ ގަސް ވިއްކުމުގެ ފުރުޞަތު ތަނަވަސްކޮށްދޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި މާލެސިޓީ ކައުންސިލުން މިފަދަ ފެއަރތައް ބޭއްވުމަށް ވިސްނާފައިވާކަމަށެވެ.
މި ފެއަރ އާއިގުޅޭގޮތުން ކައުންސިލުން މިއަދު ކުރި ޢިއުލާނެއްގައި ބުނެފައިވަނީ ފެއަރ އިން މޭޒު ބޭނުންވާ ފަރާތްތަކުން https://forms.gle/r68TqtNcGjbcsENb7 މި ލިންކް މެދުވެރިކޮށް ކައުންސިލްގެ މާވެހި ޕޯޓަލް އިން މި މެއިމަހުގެ 10 ވަނަދުވަހުގެ ކުރިން ހުށަހެޅުއްވުމަށް އެދޭކަމަށެވެ. އަދިމޭޒު ދޫކުރާނީ އެދޭތަރުތީބުން 15 މޭޒު ހަމަވަންދެން ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ. މިކަމާ ބެހޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9990080 ނަމްބަރއަށެވެ. ނުވަތަ 1622 އަށެވެ.

މާލެ ސިޓީ ކައުންސިލުން ކާނިވާ ސަރަޙައްދުގައި ގާއިމްކުރި “މާލެ ފެހި” އައުޓްލެޓަކީ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ “އެއްލައްކަ ގަސް” ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓާ ހެއްދުމަށް ކާނިވާ ސަރަޙައްދުގައި ޤާއިމްކުރި އައުޓްލެޓެކެވެ.
“މާލެ ފެހި” އައުޓްލެޓް ހުޅުވުމުގެ ރަސްމިއްޔާތުގައި މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއީ “އެއްލައްކަ ގަސް” ޕްރޮގްރާމަށް އިތުރުވި ބޮޅެއް ކަމަށާ މި ޕްރޮގްރާމަކީ ދެމެހެއްޓެނިވި ވަށާޖެހޭ ގޮތެއްގައި ކުރިއަށްގެންދާނެ މަޝްރޫޢުއެއް ކަމަށެވެ. އެގޮތުން އާންމުންނަށް ގަސް ގަނެވޭނެގޮތަށް ހެދުމުގެ ބޭނުމަކީ މާލެ ފެހިކުރުމަށް ބޭނުންވާ ފަރާތްތަކަށްވެސް އެފުރުޞަތު ފަހިވެގެންދާނެ ގޮތަށް އެކަން ކުރުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން އަމިއްލަ ގޭގައި އަދި ގޯތިތެރޭގައި ގަސްހެއްދުމަށް ބޭނުންވާ ފަރާތްތަކަށްވެސް ފުރުޞަތުލިބިގެން ދާނެކަމަށް މޭޔަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ