- Advertisement -ad image

ކަނޑުވެފައި ތިއްބާ ސަވާރީ ދޯނީގެ ފަޅުވެރިން ސަލާމަތްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މ.ސަވާރީ ބޯޓު ހޯދުމަށް ހިންގާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގެ ތެރެއިން އެ ބޯޓުން ދަތުރުކުރި 6 މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ މީހުން ފެނިފައި ވަނީ ކޯސްޓްގާޑުން ހޯދަމުންދިޔަ ސަރަހައްދު ތެރެއިން އެމްއެންޑީއެފް ޑޯނިއަރ އެއަރކްރާފްޓަށް ކަމަށެވެ.
އަދި މި ހަ މީހުން މިހާރު ކޯސްޓްގާޑް ޝިޕް ޣާޒީއަށް ނަގާފައިވާއިރު އެންމެންގެ ހާލު ރަނގަޅު ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. ދަތުރުކުރި ބޯޓް އަޑިއަށް ގޮސްފައިވާކަމަށް ކެޕްޓަން ބުނެފައިވެއެވެ.

ރޭ މެންދަމު 01:30 ހާއިރު މާލެއިން ފުރައިގެން ވ.ފެލިދޫއަށް ދަތުރުކުރި “އެމް ސަވާރީ” ބޯޓްގެ ޚަބަރެއް ނުވުމާއި ގުޅިގެން އެބޯޓް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ފަށާފައިވަނީ ހެނދުނުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ