- Advertisement -ad image

އަހަރުމެންގެ މުޖުތަމައުގައި އިހުތިރާމު ނުކުރުމުގެ އިޖުތިމާއީވަބާ މިއަދު ވަނީ ފެތުރިފައި: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް


އަހަރުމެންގެ މުޖުތަމައުގައި އިހުތިރާމު ނުކުރުމުގެ އިޖުތިމާއީ ވަބާ މިއަދު ވަނީ ކަންބޮޑުވާންޖެހޭ މިންވަރަށް ފެތުރިފައި ކަމަށް ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ “ އިހުތިރާމް ކުރުން “ މިއެވެ.
ހުތުބާގައި ބުނީ މައިންބަފައިންނަށް، މައިންބަފައިން ދަރީންނަށް، އަވަށްޓެރިން އަވަށްޓެރިންނަށް، ދަރިވަރުން އުސްތާޒުންނަށް، އުސްތާޒުން ދަރިވަރުންނަށް، މުވައްޒަފުން ވެރީންނަށް އިހުތިރާމު ކުރުންވަނީ ހިތާމަ ކުރަންޖެހޭ މިންވަރަށް ކުޑަވެފައި ކަމަށެވެ.
އަދި ޒަވާޖީ ޙަޔާތް ކާމިޔާބުވުމުގެ އަސާސަކީ އިޙްތިރާމް ކުރުން ކަމަށާއި އިންސާނާއަކީ އިޙްތިރާމްކުރުމަށް ލޯބިވާ މީހެއް ކަމަށެވެ . އަދި މީހުންނާއި ވާހަކަދައްކާއިރު އެ މީހެއްގެ ޝުޢޫރުތަކަށާއި އިޙްސާސްތަކަށް ބަލައިގެން ވާހަކަ ދައްކަން ޖެހޭ ކަމަށެވެ.
“ އިޙުތިތާމް ކުރުމުގެ ތެރޭގައި، އިޖުތިމާޢީ ގޮތުން އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމް ކުރުން ހިމެނެއެވެ. ދީނީ ގޮތުން ފާހަގަ ކުރެވޭ މުނާސަބާތަކުގައި ތަހުނިޔާ ކިޔުމާއި، ހަދިޔާ ބަދިޔާ ބަދަލު ކުރުމާއި، ހިތާމަތަކުގައި ތަޢުޒިޔާ ކިޔައި، އުފަލާއި ހިތާމާގައި ބައިވެރި ވުމާއި، ދަތިކަމެއް ކުރިމަތިވުމުން އެކަމުން ސަލާމަތްވުމަށް އެހީވުމަކީ އިޙްތިރާމް ކުރުމުގެ ތެރޭގައި ހިމެނޭ ކަންތައްތަކެ “ ހުތުބާ
ޚުޡުބާގައި އިތުރަށް ބުނި ގޮތުގައި، އިޙުތިރާމް ކުރުމުގެ ތެރޭގައި އެހެން މީހުންގެ ސިއްތުރައް ވަންހަނާ ކުރުންވެސް ހިމެނެއެވެ.
އަދި އިޙްތިރާމް ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ތިމާއާއި އެހެންމީހުންގެ ވަގުތުވެސް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ