- Advertisement -ad image

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިލި މައްސަލައެއް ފެންމަތިވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


އއ ރަސްދޫ ޕޮލިސް ސްޓޭޝަނުގައި ހުރި މީހަކު ފިލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އއ ރަސްދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހައްޔަރުކޮށްފައި ހުރި 25 އަހަރުގެ ދިވެހި ފިރިހެނަކު މެއި 5 ވަނަ ދުވަހު ގޮޅިން ނެރެފައި ހުއްޓާ ފިލާފައިވާ ކަމަށެވެ.
މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށާއި ފިލާފައިވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.
އަދި މައްސަލައާއި ގުޅުވައި ޕޮލިސް ސްޓޭޝަންގެ ތަނެއް ފަޅާލި ކަމަށް ބުނެ ބައެއް ސޯޝަލްމީޑިއާ ޕްލެޓްފޯމުތަކުގައި ފަތުރާފައިވަނީ ތެދު މައުލޫމާތު ނޫން ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
ފިލިމީހާ ރަސްދޫ ޕޮލިސް ސްޓޭޝަންގެ އެއްވެސް އެއްޗެއް ގެންގޮސްފައިނުވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ