- Advertisement -ad image

ނަޝީދަށް ހޯދައި ނުދެވުނު އިންސާފެއް މިސަރުކާރުގައި އެހެން މީހަކަށް ނުލިބޭނެ: އަލީ ހުސެއިން

ad image

ގުޅުންހުރި ލިޔުންތައް


އެމްޑީޕީގެ ސަރުކާރުން އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހޯދައި ނުދެވުނު އިންސާފެއް އެހެން މީހަކަށް ހޯދައި ނުދެވޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާ އަށް ދެ އަހަރު ފުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އަލީ ހުސެއިން ވިދާޅުވީ، މި ސަރުކާރުން އިންސާފުގެ ވާހަކަ ދެން ރަނގަޅުވާނީ ނުދެއްކިއްޔާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ދިން ހަމަލާއަށް ދެ އަހަރުވީއިރުވެސް އިންސާފު ނުލިބި ލަސްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގޮތް ބޭނުންފުޅުވާތީ ކަމަށް ނަޝީދުގެ އެންމެ އަރިސް ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.
މޭ 6، 2021 ވަނަ ދުވަހުގެ ރޭ 8:27 ހާއިރު ގ. ކެނެރީގެ އިން ނަޝީދު ބޮޑީގާޑުންނާ އެކު ނުކުމެވަޑައިގެން ކާރުކޮޅާ ދިމާއަށް ވަޑައިގަންނަވަނިކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ގެންދާ ގޮތުން ސޯޝަލްމީޑިއާގައިވެސް އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ