- Advertisement -ad image

ސަރުކާރުން ޖެއްސުން ކޮށް ކަންކަން ކުރަން ހުރަސް އަޅަނީ ރައްޔިތުން ކައުންސިލަށް ކުރާ އިތުބާރު ގެއްލުވާލަން: މޭޔަރު

ad image

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ސަރުކާރުން މާލެ ސިޓީ ކައުންސިލަަށް ޖެއްސުންކޮށް ކަންކަން ކުރުމަށް ހުރަސް އަޅަނީ ރައްޔިތުން ކައުންސިލަށް ކުރާ އިތުބާރު ގެއްލުވާލާ ރުޅިއަރުވަން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު ވިދާޅުވީ ރަށެއްގައި ނަމަ މިސްކިތްތަކާއި މަގުމައްޗާއި މިފަދަ ރައްޔިތުންނާ ގުޅުންހުރި ޕާރކުތަކުގެ ކަންކަމަކީ ކައުންސިލުން ބަލަހައްޓާ ކަންކަން ކަމަށެވެ.
“ ނަމަވެސް މާލޭގައި ރަސްފަންނުގައި ހުންނަ ފެންވަރާ މާގަނޑު މިހުންނަނީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި. މަގުމަތީ ފެން ހިންދާ ޕަންޕު ޖައްސަން މިޖެހެނީ އެހެން މިނިސްޓްރީ އަކުން. ބައެއް މިސްކިތްތައް ހުރީ އިސްލާމިކް މިނިސްޓްރީގެ ދަށުގައި. ދެން ބިލު ނުދައްކައިގެން ފެނާއި ކަރަންޓް ކަނޑާލީމަ ހުރިހާ ދައްޗެއް މިވަނީ ރައްޔިތުންނަށް “ މޭޔަރު ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ރައްޔިތުންގެ ނަފުރަތާއި ރުޅި ކައުންސިލަށް އަމާޒުވާ ކަމަށާއި އެކަމަކު މިފަދަ ގިނަ ކަންކަން ސަރުކާރުން ހުރީ ކައުންސިލާ ހަވާލުނުކޮށް ކަމަށް މޭޔަރު ވިދާޅުވިއެވެ. މިއީ ލާމަރުކަޒީ ނިޒާމު ފުރިހަމައަށް މާލެ ސިޓީގައި ތަންފީޒު ނުކުރެވޭތީ ވާގޮތް ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މިހުރިހާ ޖެއްސުމެއް ކައުންސިލަށް ސަރުކާރުން ކުރަމުންދާއިރުވެސް މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ދެމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ