- Advertisement -ad image

އިސްލާމިކް ފައިނޭންސަށް އަހުލުވެރިކުރުވުމުގެ މަސައްކަތު ބައްދަލުވުމެއް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ބާއްވައިފި

ad image

ގުޅުންހުރި ލިޔުންތައް


އައި.ޔޫ.އެމް ގެ ސެންޓަރ ފޯ ކޮންޓިނިއުއިންގ އެޑިއުކޭޝަނާއި ކުއްލިއްޔާ އޮފް އިކްނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީޒް ގުޅިގެން އިސްލާމިކް ފައިނޭންސާއި ބެހޭ 1 ދުވަހުގެ ވޯކްޝޮޕެއްހިންގައިފިއެވެ.ފަންޑަމެންޓަލްސް އޮފް އިސްލާމިކް ފައިނޭންސް ނަމުގައި ކުރިއަށްގެންދިޔަ މި ވޯރކްޝޮޕް އަމާޒުކޮށްފައިވަނީ ރާއްޖޭގެ ބޭންކުތަކާއި، މާލީ މުޢާމަލާތްތައްކުރާ އިދާރާތަކާއި އަދި ކުންފުނިތަކަށެވެ. އަދި އައި.ޔޫ.އެމް ގައި ޝަރީޢާ އެންޑް ލޯ އަދި އިސްލާމިކް ފައިނޭންސް ގެ ދާއިރާއިން ކިޔަވަމުން އަންނަ ދަރިވަރުންނާއި އައިޔޫއެމްގެ މުވައްޒަފުންނަށެވެ.


މި ވޯކްޝޮޕް ގެ މަޤްޞަދަކީ އިސްލާމިކް ފައިނޭންސާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާ ފުޅާކުރުމަށް އެހީތެރިވުންކަމުގައިވާއިރު، މި ވޯކްޝޮޕްގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި މީރާ، އެމް.އެމް.އޭ، ޕެންޝަން އޮފީސް، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ، އަމާނާ ތަކާފުލް އަދި ބޭންކް އޮފް ސިލޯން ހިމެނެއެވެ. މީގެ އިތުރުން، މި ވޯކްޝޮޕްގައި ބައިވެރިވެފައިވަނީ އައި.ޔޫ.އެމް ގެ ދަރިވަރުންނާއި، މުވައްޒަފުން އަދި ލެކްޗަރާއިންނެވެ.
ފަންޑަމެންޓަލްސް އޮފް އިސްލާމިކް ފައިނޭންސް ނަމުގައި އައި.ޔޫ.އެމް އިން ކުރިއަށްގެންދިއަ ވޯކްޝޮޕްގައި ފެސިލިޓޭޓަރެއްގެ ގޮތުގައި ކިޔަވައިދެއްވާފައިވަނީ ޔޫ.އެސް.އޭ ގެ ޔުނިވަރސިޓީ އޮފް ނިއު އޯލަންޒް ޑިޕާޓްމަންޓް އޮފް އިކްނޮމިކްސް އެންޑް ފައިނޭންސްގެ ޕްރޮފެސަރ އޮފް ފައިނޭންސް، ޑރ. މުޙައްމަދު ކަބީރް ޙަސަނެވެ. އެބޭފުޅާވަނީ 2016 ވަނަ އަހަރުގެ އިސްލާމިކް ޑެވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ޕްރައިޒް އިން އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސްގެ އިނާމު ހާސިލުކުރައްވާފައެވެ.
މި ވޯކްޝޮޕްގައި އިސްލާމިކް ފައިނޭންސް އާއި، އިސްލާމީ ޝަރީޢާ އަދި އިސްލާމީ ޝަރީޢާގެ ދަށުން ހުއްދަކުރާ މާލީ މުޢާމަލާތްތަކާއި، އެ މުޢާމަލާތްތަކުގެ މުހިންމުކަމާއި، އިސްލާމިކް ބޭންކިންގގެ ނިޒާމުތަކާއި، އިސްލާމިކް ފައިނޭންސްގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އޭގެ ހައްލާއި އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާގެ މުސްތަޤުބަލު އޮތްގޮތުގެ އިތުރުން ވެސް މުހިންމު އެތަކެއް މަޢުލޫތަކަށް މަޝްވަރާކުރެވި، އަލިއަޅުވައިލެވިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ