- Advertisement -ad image

ކޭޕާކު މައްސަލަ: އިތުރު ބައެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

ad image

ގުޅުންހުރި ލިޔުންތައް


ހަންބޯ ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް ރެސިޑެންސް ފްލެޓްތައް ވިއްކުމުގައި އެ ކުންފުނީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އިތުރު ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
އެ ކުންފުނިން ހުޅުމާލޭގައި އިމާރާތްކުރަން ކުރަނީ ދެ ކޮޓަރި އާއި ތިން ކޮޓަރި ހިމެނޭ ގޮތުން ޖުމްލަ 110 އެޕާޓްމަންޓެވެ. މި ތަންތަނުގެ އަގު އުޅެނީ 2.7 މިލިއަން ރުފިޔާގައެވެ.
ހަންބޯ ކޮމްޕަނީ ޕްރައިވެޓްލިމިޓެޑާއި އާބަންކޯއާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ.ޕާކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ހަންބޯގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތައް ބޭނުންކޮށްގެން އެޕާޓްމަންޓްތައް އާއްމުންނަށް ވިއްކަމުން ގެންދާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހަންބޯ ޓެކްގެ ލޯކަލް އެޖެންޓު ހަންބޯ ކޮމްޕެނީގެ އެއް ހިއްސާދާރު ކަމަށްވާ ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް ތަހުގީގެއް ފަށައި އޭނާއަށް ރާއްޖެއިން ފުރައިގެން ނުދެވޭ ގޮތަށް ޕާސްޕޯޓް ވަނީ މިދިޔަ ހޮނިހިރު ދުވަހު ހިފަހައްޓާފައެވެ.
އޭނާގެ އިތުރުން ތަހުގީގަށް ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަން ފުލުހުންގެ މީޑިއާ އޮފިޝަލް ކަށަވަރުކޮށްދެއްވިއެވެ. އެހެންނަމަވެސް އެއީ ކޮންބައެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ