- Advertisement -ad image

ހިޔާ ކުޑަކުދިންގެ ހަވީރު ހުކުރު ދުވަހު ބާއްވަނީ

ad image

ގުޅުންހުރި ލިޔުންތައް


ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 12 މެއިވާ ހުކުރު ދުވަހު ހަވީރު ހާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
މި ކުޑަކުދިންގެ ހަވީރު އިންތިޒާމު ކުރަނީ މޯލްޑިވްސް ނެޝަނަލް ހައުސިން އެސޯސިއޭޝަނުންނެވެ.
އެ އެސޯސިއޭޝަނުން ބުނީ މި ހާއްސަ ހަވީރުގައި ކުޅިވަރުތަކުގައި ބައިވެރިވެގެން އިނާމު ހޯދުމުގެ އިތުރުން ހަވީރަށް ޒިޔާތް ކުރުމުން ލިބޭ ހަދިޔާވެސް ހުންނާނެ ކަމަށެވެ.
މި ހަވީރު އޮންނާނީ ހިޔާ ޕާރކުގައެވެ. އެއީ އެޗް8 އަކާއި އެޗް11 ދެމެދުގައި އޮންނަ ޕާރކެވެ. މި ހަވީރު ކުރިއަށްދާނީ ހުކުރު ދުވަހު ހަވީރު 16:00 އިން 18:00 އަކަށެވެ.
މި ހަވީރުގައި ރޮބޯމޭންގެ އިތުރުން ޝަލަބީގެ ހުށަހެޅުންތައްވެސް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.


މީގެ އިތުރުން މާރބުލް ހަންޓިން، ބޯލް ތްރޯއިން، ގޯލް ކިކް، ފޭސް/ ބޮޑީ ޕެއިންޓިން، ފުޓް ވޯރކް، މިނީ އޮލިމްޕިކް ގޭމްސް، ކްރާފުޓް ސްޓޯލްގެ އިތުރުން މިއުޒިކަލްޗެއަރ ފަދަ މަޖާ އެތައް ކުޅިވަރެއް ކުޅެވޭނެއެވެ.
ހިޔާ ކުޑަކުދިންގެ ހަވީރަށް ހުރިހާ ކުޑަކުދިންނަށް މޯލްޑިވްސް ނެޝަނަލް ހައުސިން އެސޯސިއޭޝަނުން ދައުވަތު ދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ