- Advertisement -ad image

ހުޅުމާލޭ ފަޅު ހިއްކާ އަނެއްކާ ގޯތިދޭން އުޅެނީ ތާއީދު ނެތުމުން އިންތިހާބަށް ނުފޫޒު ފޯރުވަން!

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލޭ ފަޅު ހިއްކާ އަނެއްކާވެސް ސަރުކާރުން ގޯތިދޭން މަސައްކަތް ކުރާކަން ހާމަވުމުން ގިނަ ބަޔަކު އެކަމާ ކަންބޮޑުވެ ނުރުހުން ފާޅުކުރަން ފަށައިފިއެވެ.
ބޯހިޔާވަހިކަން ދިނުމަށް، ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގެ ބޭރުން އޮތް ފަޅު އެކީގައި ހިއްކައި، 75 ހެކްޓަރުގެ ބިމެއް ހިއްކަން ސަރުކާރުން ނިންމާފައިވާކަން ވަނީ ހާމަވެފަ އެވެ. އެ ސަރައްދަކީ ކުރީ ސަރުކާރުން އެކުލަވާލި ހުޅުމާލޭގެ މާސްޓާ ޕްލޭންގައި ކުރިން ދުނިޔޭގެ ފެންވަރުގެ ކްރޫޒް ޓާމިނަލަކާއި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ހާއްސަކޮށްފައިވާ ފަޅެކެވެ.
ސަރުކާރުގެ މި ނިންމުމާއި ގުޅިގެން އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވިދާޅުވީ ރިޔާސީ އިންތިހާބަށް ހަތަރު މަހަށް ވެފައި ވަނިކޮށް، ހުޅުމާލޭގެ ރައްޔިތުންނަށް އާމްދަނީ ހޯދޭ ގޮތަށް ޕްލޭންކޮށްފައި އޮތް ހުޅުމާލޭގެ މާސްޓާ ޕްލޭން ބަދަލުކުރުމުން ހާމަވަނީ މި ސަރުކާރަށް ތާއީދު ނެތްކަން ކަމަށެވެ.
އެކަމާ ގުޅިގެން އަމްރު ނެރުއްވި ނޫސްބަޔާނެއްގައި ބުނީ އެ މާސްޓާޕްލޭނަކީ ދުރު ރާސްތާގެ ތަރައްގީ ކުރިއަށްގެންދާނެ ގޮތް ބައްޓަންކޮށް ފަރުމާކުރުމުގެ މަގްސަދުގައި، ތަރައްގީއާ ގުޅޭ އެކި ދާއިރާތަކުގެ ސިފަތަކާއި ބޭނުންތަކަށް ވިސްނުމަށްފަހު އެންމެ ފައިދާހުރި ނަފާވާ ގޮތްތައް ފާހަގަކޮށްގެން އެކުލަވާލެވޭ ރޭވުމެއް އަދި މަގުޗާޓެއް ކަމަށެވެ.
މިއަދު ކުއްލިއަކަށް ސަރުކާރުން ހުޅުމާލެއަށް ހަދާފައިވާ ދިގު ރާސްތާ ޕްލޭންގައިވާ ކްރޫސްލައިން ޓާމިނަލް ހަދަން އޮތް ސަރަހައްދު ހިއްކާ ގޯތި ދޭން ނިންމާފައިވާކަން ފާހަގަކޮށް އަމްރު ވިދާޅުވީ ރައްޔިތުންނަށް ގެދޮރު ހޯދައިދޭއިރު، އެތަނުގައި އުޅޭ މީހުންނަށް އާމްދަނީ ލިބޭނެ މަގު ބަންދުކުރުމަކީ ރައްޔިތުންނަށް ހިދުމަތްކޮށްދޭން އޮންނަ ސަރުކާރަކުން ކުރާނެ ކަމެއް ނޫން ކަަމަށެވެ.
އަދި މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ހުޅުމާލޭގެ މާސްޓަރ ޕްލޭން ބަދަލު ކުރުމަކީ އޭގެ ނޭދެވޭ އަސަރުތައް ތާއަބަދަށް ފޯރާނެ ކަމެއް ކަމަށެވެ.
އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވީ މާލޭގެ ބަނދަރުން ޖާގަ ނުލިބިގެން ރައްޔިތުން އުފުލަންޖެހޭ ތަކުލީފުރައް މިހާރުވެސް އިންތިހާއަށް ބޮޑު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ