- Advertisement -ad image

ހިއްކަން އުޅޭ ސަރަހައްދު އޮތީ މާލެ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި، މިއީ ހުޅުމާލެ މާސްޓަރޕްލޭނާއި ހިލާފުކަމެއް: މޭޔަރު

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ފަޅުތެރެއިން ހިއްކަން އުޅޭކަމަށް ބުނާ ސަރަޙައްދަކީ މާލެ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ގެ ތެރޭގައި ހިމެނޭ ސަރަޙައްދެއްކަމަށާއި މި މަސްރޫއަކީ ހުޅުމާލެ މާސްޓަރޕްލޭނާއި ޚިލާފުކަމެއް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވަނީ ހުޅުމާލެ ފަޅުތެރެ ހިއްކަން އުޅޭ ހަބަރަކީ ތެދު ޚަބަރެއްނަމަ، ފާހަގަ ކުރަންޖެހޭ ހަ ނުކުތާއެއް ވިދާޅުވެފައެވެ.
އެގޮތުން މާލެ ސިޓީ ގެ ބިމަށް ބިން އިތުރުކުރުމަކީ އެ ބިމުން ރައްޔިތުންގެ ގެދޮރުވެރިކަންފަދަ އެންމެ އަސާސީ ކަންކަމަށް ފައިދާ ކުރާނަމަ، ރަނގަޅުކަމެއް ނަމަވެސް، އެކަން ކުރަންވާނީ އެހެން ކޮންމެ ކަމެކޭވެސް އެއްފަދައިން، ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ކަން މޭޔަރު ފާހަގަކޮށްފައުވެއެވެ.
‏އަދި ހިއްކަންއުޅޭކަމަށް ބުނާ ސަރަޙައްދަކީ، އެޗް.ޑީ.ސީ އަށް (މިހާރު “އަރބަންކޯ) އަށް ހަދައިދީފައިވާ ރެޖިސްޓްރީގައި ނުހިމެނޭ ސަރަޙައްދެއްކަން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.


“ ހިއްކަން އުޅޭކަމަށް ބުނާ ސަރަޙައްދަކީ މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާސް ގެ ތެރޭގައި ހިމެނޭ ސަރަޙައްދެއްކަން
‏މި މަޝްރޫޢަކީ، ހުޅުމާލެ މާސްޓަރޕްލޭނާއި ޚިލާފުކަމެއްކަން. ޕްލޭން ކުރުމެއްނެތި ކުރާ މިފަދަ ބޮޑުކަމެއއ ކުރަންވާނީ އެކަމާއި ގުޅިގެން މާސްޓަރޕްލޭނަށް ގެންނަންޖެހޭ އެންމެހާ ބަދަލުތައް އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި ރާއްޖޭގައި ޢަމަލު ކުރަމުންދާއި ޤާނޫނުތަކާއި އުސޫލުތަކާއި ހަމަތަކާއި އެއްގޮތަށްކަން “ މޭޔަރު ފާހަގަކޮށްފައިވެއެވެ.
އަދި މިއީ ލާމަރުކަޒީ ޤާނޫނުގެ 68 (ހ) އާއި ޚިލާފަށް މާލެ ސިޓީ ކައުންސިލާއި އެއްވެސް މަަޝްވަރާއެއް ކުރުމެއްނެތި ހިންގަންއުޅޭ މަޝްރޫއެއް ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
‏ޑިމޮކްރަސީއެއްގައި ޤާނޫނުގެ ވެރިކަން ނަގަހައްޓާ ދެމެހެއްޓުމަކީ ރައްޔިތުންނާއި ދައުލަތުގެ އެންމެހާއި ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި އަބަދުމެ ކަށަވަރުކޮށްދެވެންވާނޭ އަސާސީ ސިފައެއްކަންވެސް މޭޔަރު ވަނީ ފާހަގަކޮށްފައެވެ.
ވުމާއެކު، މާލެ ސިޓީ ކައުންސިލްގެ އިހްތިސާސް ގެ ތެރޭގައި ހިމެނޭ އަދި އަރބަންކޯ ގެ ރަޖިސްޓްރީގައި ނުހިމެނޭ ފަޅެއް، ޤާނޫނާއި ހިލާފަށް، ހުޅުމާލޭގެ މާސްޓަރޕްލޭނާއިވެސް ޚިލާފަށް، ކައުންސިލްގެ މަޝްވަރާއެއްނެތި، އަދި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ހޯދުމަކާއި ނުލާ، ކުރަން އުޅޭ އުޅުން އިސްލާޙު ކުރައްވަވާ، ޤާނޫނާއި ގަވައިދާއި އެއްގޮތްވާގޮތުގެ މަތީން އަމަލުކުރުމަށް މޭޔަރު ވަނީ އިލްތިމާސްކޮށްފައެވެ.
މިގޮތަށް ކުރިޔަށް ގެންދާނަމަ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގެދޮރުވެރިކަމާއި އެހެނިހެން ނަފާތައް ލިއްބައިދިނުމަށް ކުރެވޭ ކޮންމެ ކަމަކަށް މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބިގެންދާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ