- Advertisement -ad image

ހުޅުމާލޭގެ މާސްޓަރޕްލޭން ބަދަލުކޮށް ފަޅުހިއްކައިފިނަމަ ހުޅުލެއަށް އަސަރުކުރާނެ: ސައީދު

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލޭގެ މާސްޓަރޕްލޭން ބަދަލުކޮށް ފަޅުހިއްކައިފިނަމަ ހުޅުލެއަށް އަސަރުކުރާނެ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ބޯހިޔާވަހިކަން ދިނުމަށް، ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގެ ބޭރުން އޮތް ފަޅު އެކީގައި ހިއްކައި، 75 ހެކްޓަރުގެ ބިމެއް ހިއްކަން ސަރުކާރުން ނިންމާފައިވާކަން ވަނީ ހާމަވެފަ އެވެ. އެ ސަރައްދަކީ ކުރީ ސަރުކާރުން އެކުލަވާލި ހުޅުމާލޭގެ މާސްޓާ ޕްލޭންގައި ކުރިން ދުނިޔޭގެ ފެންވަރުގެ ކްރޫޒް ޓާމިނަލަކާއި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ހާއްސަކޮށްފައިވާ ފަޅެކެވެ.
މިކަމާއި ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓުވީޓެއްގައި ސައީދު ވިދާޅުވީ،
7 މިލިއަން ޓުއޜިސްޓު އެރައިވަލްއަށް ވިޝަންއެއް އުފަންކުރީ ދުރުވިސްނުމެއްގައި ރައީސް ޔާމީނު ކަމަށެވެ.
“ ރައީސް ސާލިހު ފަދަ ނޭފަތު ކުރިއަށް ވިސްނާ ވެރިން ލިބުމަކީ ލައިބިލިޓީ އަކަށްވަނީ މިހެންވެ “ ސައީދު ވިދާޅުވިއެވެ.
މެންބަރު އިތުރަށް ވިދާޅުވީ ތިމާވެއްޓާ ބެހޭ ވުޒާރާއިން ހުޅުމާލޭފަޅު ހިއްކުންހުއްޓަންޖެހޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ