- Advertisement -ad image

ކޭޕާކް މައްސަލަ: އާރބަންކޯގެ ވަޒީފާގައި ހުރި ނާފިއު ސަސްޕެންޑްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


“ކޭޕާކް ރެސިޑެންސް” ގެ އެޕާޓްމަންޓުތައް އޮޅުވާލައިގެން ވިއްކި މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އެޗްޑީސީގެ މުވައްޒަފު އަބްދުލް ނާފިއު މުހައްމަދު ސަސްޕެންޑް ކޮށްފިއެވެ.
އަާރބަންކޯއިން ބުނީ އެ ކޯޕަރޭޝަންގެ ޕްރޮގްރެސިވް ޑިސިޕްލްނަރީ އެކްޝަން ޕޮލިސީގެ ދަށުން, ކޭޕާރކް މައްސަލައިގެ ތަހުޤީޤު ކުރިއަށްދާ މުއްދަތުގައި, ކުރެވިފައިވާ ތުހުމަތުތަކަށް ރިޢާޔަތްކޮށް, އެ ކޯޕަރޭޝަންގެ މުވައްޒަފު އަބްދުލް ނާފިއު މުހަންމަދު 14 ދުވަހުގެ މުއްދަތަށް ވަނީ ސަސްޕެންޑް ކުރެވިފައި ކަމަށެވެ.
އަދި ފުލުހުންނާއި އެ ކޯޕަރޭޝަންގެ އިންޓަރނަލް އޮޑިޓުން މި މައްސަލަ ތަހުޤީޤުކޮށް ނިމުމުން, އެ މުވައްޒަފަށް އިތުރަށް ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ އެ ފިޔަވަޅު އަޅާނެ ކަމަށްވެސް އާރބަންކޯއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ