- Advertisement -ad image

ބަންޑާރަ ނައިބު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި

ad image

ގުޅުންހުރި ލިޔުންތައް


ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ގުޅިފައިވާ ޕާޓީތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅީ ސަރުކާރާ އިދިކޮޅު ގުޅިފައިވާ ޕާޓީތަކުންނެވެ. އެއީ އިދިކޮޅު ޕީޕީއެމާ ޕީއެންސީގެ އިތުރުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ “ފިކުރެއްގެ ދިރުން” ފެކްޝަންގެ މެންބަރުންނާއި އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީންނެވެ.
ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވީ ދެކުނުގެ ކަނޑު ވިއްކާލި މައްސަލައާ ގުޅިގެން އެކަމާ ގުޅުން ހުރި ވަޒީރުން ބޭފުޅުންނާއި އެނޫންވެސް ކަމާގުޅުންހުރި ބޭފުޅުންގެ އިތުބާރު ނެތްކަމުގެ ވޯޓު ހުށަހަޅަން ފަށާފައިވާކަމަށެވެ.


އެގޮތުން މިއަދު ބަންޑާރަނައިބް ރިފްއަތުގެ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި ވަރަށް އަވަހަށް ރައީސް ސޯލިހާއި ފޮރިން މިނިސްޓަރު ޝާހިދުގެ މައްސަލަ ހުށަހަޅާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ކޮންމެ ގައުމުގައި ކުރަން ޖެހޭ ކަންކަމާއި ކޮށްގެން ނުވާނެ ކަންތައްތަކެއް ހުންނާނެކަމަށާއި ކޮންމެ ވެރިކަމެއް އަޔަސް އަދި ކޮންމެ ޕާޓީއެއް ވެރިކަމުގައި އޮތަސް ގައުމުގައި ކުރެވޭ ކަންތައްތަކާއި ނުކުރެވޭ ކަންތައްތައް ހުންނާނެކަން ވިސްނަން ޖެހޭކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ