- Advertisement -ad image

“ޖަންބޯ” ދޯނީގެ ހަބަރެއް ނުވާތީ އެ ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


ހިލަވެލި ބަރުކޮށްގެން މާލެއިން ފުރައިގެން ކ.ގާފަރުގައި މަޑުކުރުމަށްފަހު، މިއަދު ހެނދުނު 10:40 ހާއިރު ކ.ގާފަރުން ފުރައިގެން ބ.ދަރަވަންދޫއަށް ދަތުރުކުރި “ޖަންބޯ” ދޯނީގެ ޚަބަރެއް ނުވެގެން އެދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ފަށައިފިއެވެ.

މި ދޯނީގެ ޚަބަރެއް އެންމެފަހުން ވެފައިވަނީ މިއަދު މެންދުރު 11:35 ހާއިރެވެ. މި ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ކުރަމުންނެވެ.

“ޖަންބޯ” ދޯންޏަކީ ދިގުމިނުގައި 65 ފޫޓު ހުންނަ ދޯންޏެއްކަމަށާއި މި ދޯނީގައި 2 މީހުން ދަތުރުކުރި ކަމަށްވެސް އެމްްއެންޑީއެފް ކޯސްޓްގާޑުން ހާމަކުރެއެވެ.
މީގެއިތުރުން މިއަދުގެ 13:00 އާއި 13:30 ދެމެދުގެ ވަގުތެއްގައި މިދޯންޏާއި ވަަށްތަރު ދޯންޏެއްކަމަށްލަފާ ކުރެވޭ ދޯންޏެއް ކާށިދޫގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 6 މޭލުބޭރުން ފެނުނު ކަމަށް އެސަރަހައްދުން ދަތުރުކުރި ދޯންޏަކުން ކޯސްޓްގާޑަށް މައުލޫމާތުދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މި ދޯނި ފުރިފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 18:03 ހާއިރުއެވެ.

މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ އެމްއާރުސީސީ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެ އިދާރާއިން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ