- Advertisement -ad image

ކޮންކްރީޓް ޓުރަކެއް ފްރޮޅާލައި ކުޑަ ދެކުދިންނާއި ޑުރައިވަރަށް އަނިޔާވެގެން ފަރުވާދެނީ

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލެ ފޭސް ދެއެއްގެ އިންޑަސްޓުރިއަލް ޒޯނުގައި ކޮންކުރީޓު ޓުރަކެއް ފުރޮޅާލައި ކުޑަ ދެކުދިންނާއި ޑުރައިވަރަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް ދެއެއްގެ އިންޑަސްޓްރިއަލް ޒޯނު ކައިރިން ދުއްވާފައި ދިޔަ ކޮންކުރީޓް މިކްސްޗަރ ޓުރަކެއް ފުރޮޅާލާފައިވާ ކަމަށް މިއަދު 7:35 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އެވަގުތު އެ ސަރަހައްދުން ބައިސްކަލުގައި ދިޔަ 13 އަހަރުގެ 2 ފިރިހެން ކުދިންގެ އިތުރުން ވެހިކަލް ޑްރައިވާއަށް އަނިޔާވެފައިވާ ކަމަށާއި ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަނިޔާވި ފަރާތްތަކަށް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރަށް ފުލުހުން ބުނީ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ