- Advertisement -ad image

ހުރަސްތަކާއި އެކުވެސް ނަތީޖާ ނެރެވޭކަމަށް ޤަބޫލުކުރެވޭ: މޭޔަރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް

ހަތަރުވަނަ ދައުރުގެ ޕީޕީއެމް މެޖޯރިޓީ އޮތް ކައުންސިލަށް ސަރުކާރުން ކުރިމަތިކުރުވާ ހުރަސްތަކާއިއެކުވެސް ނަތީޖާ ނެރެވޭކަމަށް ޤަބޫލު ކުރައްވާކަމަށް މާލެސިޓީ ގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރ މިފަދައިން ވިދާޅުވީ ރޭ ޗެނަލް 13 ގެ “ނިއުސް ޓޯކް” ގައި ބައިވެރިވެ ވަޑައިގެން ކައުންސިލްގެ މަސައްކަތްތަކާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

މެއި މަހުގެ 17 ވަނަ ދުވަހު ހަތަރުވަނަ ދައުރުގެ ކައުންސިލަށް 2 އަހަރު ފުރިގެންދާއިރު މި ދައުރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގިނަ ކަންކަން ފެށިފައިވާ ކަމާއި، އެހެންނަމަވެސް ބައެއް މުހިންމު ކަންކަން ނުނިމިފައިވަނީ ސަރުކާރުގެ އެއްބާރުލުން ނުލިބޭތީ ކަން މޭޔަރ ފާހަގަކުރެއްވިއެވެ.

މޭޔަރ މުޢިއްޒު ވިދާޅުވީ ސަރުކާރުން ހުރަސްތައް ކުރިމަތި ކުރުވި ނަމަވެސް މާލެސިޓީގެ ރައްޔިތުންގެ އެއްބާރުލުމާއި އެކު ކައުންސިލުން އިތުރު ގޮތްތައް ހޯދައިގެން އަމާޒަށް ވާސިލް ވުމަށްޓަކާ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ޚިދުމަތްތައް ދިނުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ފުޅާދާއިރާއެއްގައި ކައުންސިލަށް ލިބެމުންދާ ކަމަށާއި، ޚިދުމަތްދިނުމުގައި ވަކި ސިޔާސީ ޕާޓީއަކަށް ނުބައްލަވާ ކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ.
މާލެސިޓީގެ ރައްޔިތުންއެދޭ ކުދިކުދި ކަންތައްތައް ކޮށްދެމުންދާކަން ފާހަގަކުރައްވާ މޭޔަރ ވިދާޅުވީ މާލެސިޓީގެ ރައްޔިތުން އެދޭ ބޮޑެތި ކަންކަމުގެ ހައްލު ހޯދުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އެޅުމަކީ މާލެސިޓީގެ ރައްޔިތުންނަށް ދެވޭ ނިކަމެތި ކަމެއް ކަމަށެވެ.
މޭޔަރު ވިދާޅުވީ ސަރުކާރުން އެއްބާރުލުން ނުދިންކަމަށް ވިޔަސް ސަރުކާރުން އެދޭ ކޮންމެ ކަމެއްގައި މާލެސިޓީ ކައުންސިލުން އެއްބާރުލުން ދެމުންދާކަމަށެވެ. އަދި ސަރުކާރާއި އިދިކޮޅު މެޖޯރިޓީ އޮތް ކައުންސިލެއް ކަމުން ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ