- Advertisement -ad image

މެންބަރު ޒަރީރަށް ހަމަލާދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެމްޕީ ހަސަން ޒަރީރަށް ހަމަލާދިން މައްސަލަ އާއި ގުޅިގެން މެއި 11 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ދިވެހި ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.
އެއީ 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއް ކަމަށް ފުލުހުން ހާމަކުރެއެވެ.
އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ކުރިމިނަލް ކޯޓުން އިއްޔެ ވަނީ ޖަހާފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި މެންބަރު ހަސަން ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީފައުވާކަމަށް މެއި 1 ވަނަ ދުވަހުގެ 5:08 އެހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މާރާމާރީ އާއި ގުޅިގެން މެންބަރު ހަސަން ޒަރީރަށް ލިބުނު އަނިޔާއަށް އޭޑީކޭ ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ. މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ