- Advertisement -ad image

ސަފާރީ އުކުޅަހު ފަޅުތެރެއިން ނެރުމަށް ކޯޓުން އަމުރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


އއ.އުކުޅަސް ފަޅުތެރޭ އަޅާފައި އޮތް ސަފާރީއަކުން ރަށުގައި އުޅޭ ފަރާތްތަކަށް ބަނގުރާ ވިއްކަމުންދާ ކަމަށް ތުހުމަތު ކުރެވޭތީ އެ ސަފާރީ ފަޅުތެރެއިން ނެރުމަށް އުކުޅަހު ކޯޓުން ރޭ އަމުރެއް ނެރެފި އެވެ.
އއ. އުކުޅަހު ބަނދަރުގައި އޮތް ސަފާރީއަކުން ބަނގުރާ ވިއްކާ ކަމަށް ތުހުމަތު ކުރެވޭ ސަފާރީ ފަޅުތެރެއިން ނުނެރޭތީ އެ ރަށުގެ ރައްޔިތުން އިހްތިޖާޖް ކުރުމުންވެސް ކައުންސިލުން އަޅާނުލުމުން އެރަށު ރައްޔިތުން ނުކުމެ ރަށު ކައުންސިލްގެ ދޮރު ބަންދު ކޮށް މުޒާހަރާ ކުރަންފެށުމުން އެސްއޯ ފުލުހުންގެ ޓީމެއްވަނީ އެރަށަށް ގޮސްފައެވެ. އެހެންނަމަވެސް ފުލުހުން ބެލި ބެލުމުން އެ ސަފާރީ އިން ބަނގުރާ ފެނިފައިނުވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.


ސަފާރީ އުކުޅަހު ފަޅުތެރެއިން ނެރުމަށް ކޯޓުން ކުރި އަމުރާއިއެކު އެރަށު ރައްޔިތުން އަންނަނީ އުފާ ފާޅު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ