ކަނޑުން ބައެއް ގެއްލުނު މައްސަލައިގައި ޢިލްމުވެރިންގެ ފަރާތުން ކުރިއަށް ގެންދާ މަޢުލޫމާތު އެއްކުރުމުގެ ސިލްސިލާގެ ތެރެއިން ސަރުކާރަށް ހުށައަޅަން ހުރި ސުވާލުތައް ހުށައެޅުމަށާއި ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރަން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ޓަކައި މިއަދު ރައީސާ ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުމުގައި ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ހުށައެޅި ކަންކަން.
241 ކޮމިޓީއަށް ސިޓީ ހިއްސާ ކުރުން.
ރާއްޖޭ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަމަށް ޤާނޫނުގައި ބަޔާންކޮށްފައި ސަރަޙައްދާ މެދު، އިޓްލޮސްއިން ނިންމާފައިވާ ނިންމުން މުރާޖަޢާ ކުރުމަށް ހުށައެޅުން.
ޢިލްމުވެރިންގެ ގުޅުމުގެ އިސްނެގުމާއެކު، އީއީޒެޑް މައްސަލައިގައި ސަރުކާރުގެ މައުޤިފާ ދެކޮޅު ފަރާތްތަކާ އެކު ސަރުކާރުން ޕަބްލިކް ޑިބޭޓަކަށް ގޮސްދެއްވުން.
ރައީސް އޮފީހުގައި މިއަދު ބޭއްވުނު ދޮޅުގަޑިއިރުގެ ބައްދަލުމުގައި އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ހަތް ބޭފުޅަކު ބައިވެރިވެވަޑައިގެންނެވިއެވެ.

ވަގު ހައްޔަރު ކުރޭ