- Advertisement -ad image

ކޭޕާކް މައްސަލަ: ގުޅުންހުރި ބައެއް ތަންތަނަށް ވަދެ ބަލައި ފާސްކުރަން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


“ކޭޕާކް ރެސިޑެންސް” ގެ އެޕާޓްމަންޓުތައް އޮޅުވާލައިގެން ވިއްކި މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ގުޅުން ހުރި ބައެއް ތަންތަން ބަލާ ފާސްކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ ކޭޕާކު މައްސަލައިގާ ތުހުމަތު ކުރެވޭ މީހުންނާއި ގުޅުންހުރި ބައެއް ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ފުލުހުން މިހާރު ފާސް ކުރަމުންދާ ތަންތަނުގެ ތެރޭގައި އެ މައްސަލައިގައި ބޮޑެތި ތުހުމަތުތަކެއް އަމާޒުވާ، ހަންބޯ ކުންފުނީގެ ދިވެހި ހިއްސާދާރު، ހަސަން މަމްދޫހު (މަންޑޭ) ދިރިއުޅޭ އެޕާޓްމެންޓް ހިމެނެ އެވެ.
ހަންބޯ ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް ރެސިޑެންސް ފްލެޓްތައް ވިއްކުމުގައި އެ ކުންފުނީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މިހާރު ވަނީ އިތުރު ދެ މީހެއްގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފައެވެ.
އެ ކުންފުނިން ހުޅުމާލޭގައި އިމާރާތް ކުރަނީ ދެ ކޮޓަރި އާއި ތިން ކޮޓަރި ހިމެނޭ ގޮތުން ޖުމްލަ 110 އެޕާޓްމަންޓެވެ. މި ތަންތަނުގެ އަގު އުޅެނީ 2.7 މިލިއަން ރުފިޔާގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ