- Advertisement -ad image

އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް ރިފްއަތަށް ނޯޓިސް ފޮނުވައިފި

ad image

ގުޅުންހުރި ލިޔުންތައް


އިތުބާރު ނެތްކަމުގެ މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށް އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތަށް ރައްޔިތުންގެ މަޖިލީހުން ނޯޓިސް ފޮނުވައިފިއެވެ.

މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަަމަ ޖަލްސާ ފަށްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ 13 މެންބަރުންގެ ސޮޔާއެކު މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ލިބިފައިވާ ކަމަށެވެ.
މި އެ މައްސަލަ މަޖިލިހަށް ވެއްދީ ރާއްޖޭގެ މަސްކަނޑުން ބައެއް ވިއްކައިލުމާ ދެކޮޅަށް ސިޔާސީ ޕާޓީތަކުން އުފައްދާފައިވާ އިއްތިހާދުންނެވެ. އެ އިއްތިހާދުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނާއި މޯލްޑިވްސް ނޭޝަނަލް ޕާޓީއާއި ޖުމްހޫރީ ޕާޓީގެ އިތުރަށް ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ޝާމިލުވެއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުމާ ގުޅިގެން ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރިފްއަތަށް 14 ދުވަހުގެ ނޯޓިސް ދިނީ މި މަހުގެ 14 ވަނަ ދުވަހުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން އެ ނޯޓިސްގެ މުއްދަތު ހަމަވާނީ މި މަހުގެ 28 ވަނަ ދުވަހަށެވެ. އެއަށްފަހުގައި މަޖިލީހަށް ޖަވާބުދާރީވުމުގެ ފުރުސަތު ރިފްއަތަށް ލިބިވަޑައިގަންނަވާނެއެވެ.
ރިފްއަތުގެ އިތުރަށް ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުބާރުނެތްކަމުގެ މައްސަލަތައް މަޖިލީހަށް ހުށަހަޅަން ކަނޑު ވިއްކައިލުމާ ދެކޮޅަށް އުފެއްދި ކޯލިޝަނުން ނިންމާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ