test
- Advertisement -ad image

ހަތަރުވަނަ ދައުރުގެ ކައުންސިލަށް 2 އަހަރު: ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް ގިނަ މަސައްކަތްތަކެއް!

ad image

ގުޅުންހުރި ލިޔުންތައް


މާލެސިޓީގެ ހަތަރުވަނަ ދައުރުގެ ކައުންސިލަށް 2 އަހަރު ފުރިފައިވާއިރު މި ދައުރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) ގައި ހިމަނާފައިވާ “ބިންވެރި ރައްޔިތެއް” އަމާޒަށް ވާސިލްވުމަށްޓަކާ ބޯހިޔާވަހިކަމާއި ގުޅޭ ގިނަ މަޝްރޫޢުތަކެއް ހިންގުމަށް މާލެސިޓީ ކައުންސިލުން ފާއިތުވި 2 އަހަރުގެ ތެރޭގައި ކުރެއްވި ގިނަގުނަ މަސައްކަތްތައް ކައުންސިލްގެ 102 ވަނަ ރަސްމީ އާއްމު ޖަލްސާގައި ހާމަކޮށްފިއެވެ.

ސެޕްގައި ހިމެނޭ “ބިންވެރި ރައްޔިތެއް” އަމާޒަށް ވާސިލްވުމަށްޓަކާ ލޭންޑްޔޫސް ޕްލޭން ތައްޔާރުކުރެވި ފާސްކުރުމަށް ޕްލޭނިންގް މިނިސްޓްރީއަށް ހުށަހެޅިފައިވާއިރު، 6 ސެޕްޓެމްބަރު 2021 އިން ފެށިގެން 21 ޑިސެމްބަރު 2022 ގެ ނިޔަލަށް މިކަމުގައި 11 މަރުޙަލާއެއް ކުރިއަށް ގެންދެވިފައިވާކަމަށާއި އެހެންނަމަވެސް ސަރުކާރުން ލޭންޑް ޔޫސް ޕްލޭން ފާސްކޮށްދީފައިނުވާކަން ޖަލްސާގައި ހާމަކުރެއްވިއެވެ.

ލޭންޑްޔޫސް ޕްލޭނާއި ގުޅިގެން މާލެސިޓީ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކުގެ 100 އިންސައްތަ ވަނީ ފުރިހަމަކޮށްފައެވެ.

އޭގެ ތެރޭގައި މާލެ އަދި ވިލިމާލޭގެ ބިމުގެ އޮޑިޓް ހެދުން، އެންމެ ފަހުގެ އަޕްޑޭޓެޑް ލޭންޑްޔޫސް ޕްލޭން މާލޭގެ ރައްޔިތުންނާއި ހިއްސާކުރުން، ލޭންޑް ސާރވޭ ހަދަންޖެހޭ ތަންތަން ހަދާ ލޭންޑްޔޫސް ޕްލޭން ފުރިހަމަކުރުން، އަދި ފައިނަލް ކުރެވުނު ލޭންޑްޔޫސް ޕްލޭން ރައްޔިތުންނާއި ހިއްސާ ކުރުމާއި، އެ ޕްލޭންގައި ފާހަގަކުރެވޭ ބިންތައް ހިމެނޭގޮތަށް ތަފްޞީލް ލިސްޓެއް ތައްޔާރުކޮށް ބިމާއިބެހޭ ވުޒާރާއަށް ހުށަހެޅުން ހިމެނެއެވެ.
މީގެ އިތުރުން މާލޭގެ ދަފްތަރުގައި ޖެހިފައިތިބި ފަރާތްތަކުގެ ޑޭޓާބޭސް ފުރިހަމަކޮށް އެފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ދެނެގަތުމުގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިންމާލެވިފައެވެ. އަދި ވިލިމާލޭގައި އާންމު ރައްޔިތުންގެ ގޯޓީގައި އިމާރާތްކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކުރުމުގެ މަސައްކަތުގެ 100 އިންސައްތަ ވަނީ ނިމިފައެވެ. އެހެންނަމަވެސް މިކަމުގައިވެސް ކައުންސިލަށް ހުއްދަ ދޭންޖެހޭ ފަރާތްތަކުގެ ހުއްދަ ނުލިބުމުގެ ސަބަބުން ޢަމަލީ މަސައްކަތްވަނީ ނުފެށިފައެވެ.
މާލެސިޓީގެ ރައްޔިތުންނަށް ގެދޮރުވެރިކަން ފޯރުކޮށްދިނުމާއި ފުދުންތެރިކަން އިތުރުކުރުމާއި އެނޫންވެސް ސެޕްގައި ހިމެނޭ ގިނަ ކަންކަން ކުރެވެން އަންނަނީ ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދިގެން ކަމަށްވާތީ އެ މަސައްކަތްވެސް ކައުންސިލްގެ ފަރާތުން ކުރަންޖެހޭ ވަރަށް ވަނީ ކުރިއަށް ގެންދެވިފައެވެ. މިކަމަށްވެސް ބޭނުންވަނީ ސަރުކާރުގެ ހުއްދައެކެވެ.

ގުޅީފަޅަކީ މާލޭގެ ރަށްވެހިންގެ ގެދޮރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ހެދުމަށް ކައުންސިލުން ކުރިއަށްގެންދަންޖެހޭ މަރުޙަލާތަކުގެ 100 އިންސައްތަ މަސައްކަތް ވަނީ ނިންމާފައެވެ.

ސިނަމާލެ މާލެހިޔާ އަމިއްލަވެ ރަޖިސްޓްރީ ހަދަންޖެހިފައިވާ ފަރާތްތަކާއި އެކި ސަބަބުތަކައި ގުޅިގެން ރަޖިސްޓްރީ ނުހެދިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ވަނީ ހަދާދެވިފައެވެ.

އަދި ސިނަމާލެ މާލެހިޔާގެ ޖޫރިމަނާ އަށް ލުއިގޮތެއް ހޯދައިދިނުމުގެ މަސައްކަތުގެ ތެރެއިން ވިލިމާލޭގެ ސިނަމާލެ 4 ގައި ދިރިއުޅޭ ފަރާތްތަކުގެ ޖޫރިމަނާ ވަނީ މަޢާފްކޮސްދެވިފައެވެ. މާލޭގެ ފްލެޓްތަކުގައިވެސް މި އުޞޫލުން މަސައްކަތް ކުރެވޭނެ ކަމުގެ ޔަޤީންކަން ކައުންސިލުން ވަނީ ދެއްވާފައެވެ.

ހަތަރުވަނަ ދައުރަށް 2 އަހަރު ވެގެންދިޔައިރު ސަރުކާރުގެ އެއްބާރުލުން ނުލިބުނު ނަމަވެސް މާލެސިޓީ ކައުންސިލުން މާލެސިޓީގެ ރައްޔިތުން އެދޭ އަމާޒަށް ވާސިލްވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ