- Advertisement -ad image

ޗައިނާ އާއި ޓައިވާނުގެ ނަން ވަކި ކުރަން ނޭންގުމުން ރައީސް ސާލިހުގެ ގަމާރުކަން ހާމަވޭ: ވައްޑޭ

ad image

ގުޅުންހުރި ލިޔުންތައް


ޗައިނާ އާއި ޓައިވާނުގެ ނަން ވަކި ކުރަން ނޭންގުމުން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ގަމާރުކަން ހާމަވާ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ޓައިވާނަށް ސަފީރެއް ކަނޑައަޅަން މަޖިލީހަށް ފޮނުވުނު މައްސަލާގައި ރާއްޖެއިން މާފަށް އެދުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ވައްޑެ ވިދާޅުވީ، ކިޔާނުލާ ބިލްތައް ތަސްދީޤުކުރުންފަދަ ކަންކަމުން އަދުގެ ވެރިމީހާގެ ގަމާރުކަން ހާމަވާ ކަމަށެވެ.
“ ރާއްޖޭގެ މަސްކަނޑުން ބޮޑުބައެއް ގެއްލުނު ސިޓީ ފޮނުވުން، ފްލައިޓްގައި އިންނަވާފައި ސާބިއާ ދަތުރު ކެންސަލްކުރުން މިފަދަ ކަންކަމުން އަދުގެ ވެރިމީހާގެ ގަމާރުކަން ހާމަވޭ “ ވައްޑެ ވިދާަޅުވިއެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް އޮޅިވަޑައިގެން ޓައިވާނަށް ސަފީރަކު އައްޔަން ކުރަން މަޖިލީހަށް ފޮނުވުނު މައްސަލާގައި ރޭ ވަނީ ސަރުކާރުން މާފަށް އެދެފައެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެންގް ލިޒިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މައްސަލަ ހިނގި ގޮތް ރާއްޖޭގެ ފޮރިން މިނިސްޓްރީން ޗައިނާގެ އޮފިޝަލުންނަށް ތަފުސީލުކޮށްދީ، މައާފަށް އެދިފައިވާ ކަމަށެވެ. އަދި ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ޒަމާނީ ގުޅުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ